މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮކަމަށާއި މިހާރު އޮންނަނީ އެފެރީން ޖާގަނުލިބިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
މެންބަރު ނިހާދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމުދު ފެށި ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށްބުނެ މީސްމީޑިޔާގައި ބަހުސްކުން ފެއްޓުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
އެބަހުސްއަށް ރައްދުދެއްވަމުން ނިހާދު ވިދާޅުވީ ދުވަސްކޮޅަކުން ބޯޓުތައްވެސް އިތުރުކުރަން ޖެހޭނެކަމަށެވެ.
ފެރީގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ، ފެރީ ހުއްޓިފައިވާކަމަށްބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި ހިދުމަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
Olhuvaa nulaa! Ferry Gelligen hoadhee Dho? Ferry Anna kan enguneema mihaaru topic badhalu thi kohlee Dho? Cargo ferry in genna mudhaa Agu heyo! Boat in Jaaga nulibifa mihaaru onnanee! Dhuvas kolhakun jeheynee boat ithuru kuran! Balaafa Vaahaka dhehkun varah salhi vaane!
— Feydhoo Meehaa (Mohamed Nihad) (@nihad_m) May 30, 2021
އެގޮތުން ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެ ފަހަރު ފެރީ ރާއްޖެ އަންނަކަމަށް ދާނިޝް ވިދާޅުވި އެވެެ.
"އިންޑިއާ ކާގޯ ފެރީގައި ރާައްޖެއަށް މުދާ ގެނޭ . ފާއިތުވި 3 މަސް ދުވަހު ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވޭ. އަދި މީގެއިތުރުން، 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ވަނީ ރާއްޖެ ގެނެސްފައި."
ދާނިޝް ވިދާޅުވި އެވެ.
އިންޑިއާ ކާގޯ ފެރީގައި ރާައްޖެއަށް މުދާ ގެނޭ . ފާއިތުވި 3 މަސް ދުވަހު ޖުމްލަ 20 ފޫޓުގެ 309 ކޮންޓެއިނަރ އެކި ބަނދަރުތަކަށް ބާލައި ލޯޑްކޮށްފައިވޭ. އަދި މީގެއިތުރުން، 2624.47 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯ ވަނީ ރާއްޖެ ގެނެސްފައި.
— Dhaanish (@Dhaanish_Nizam) May 30, 2021
މީގެ އިތުރުން އެ ހިދުމަތް މިހާރަށް ވުރެން ފުޅާކޮށް، ރަނގަޅު ހިދުމަތެއް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންއަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާ އިންޑިއާގެ ކޮޗިންއާ ދެމެދު ފެރީގެ ދަތުރުތައް ފެށީ މިދިޔަ ސެޕްޓޭމްބަރު މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!