މިފެށޭ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ވަޒީފާތަކަށް އެދި ހުށަހެޅޭނީ ހަމައެކަނި އޮންލައިން ކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ މައި ފެން ކުންފުނިންް ބުނީ އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅުމަށް www.mwsc.com.mv/Career އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް، ވަޒީފާ އަށް އެދި ހުށަހެޅޭނެ ކަމަށެވެ.

Ad
rt

މިގޮތައް އޮންލައިންކޮން ވަޒީފާ އަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖެއްސި ސަބަބަކީ، އެކުންފުނީގެ އޮންލައިން ހިދުމަތްތަކާއި ޑިޖިޓަލައިޒޭޝަން ޕްރޮސެސް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެެ ދަށުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އަދި ތިމާވެެއްޓާ ރައްޓެހިގޮތަކަށް، ރައްޔިތުންނާ ވީހާވެސް ގާތުން ލުއިފަސޭހަކޮށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ.

"އޮންލައިންކޮށް ވަޒީފާ އަށް އެދި ހުށަހެޅޭގޮތަށް ހަމަޖެއްސުމާއެކު، ވަޒީފާ އަށް އެދި ހުށަހެޅުމާއި، މީހުން ހޮވުމުގެ މަރުހަލާތަކުގައިވެސް ކަރުދާސް ބޭނުންކުރާ މިންވަރު މަދުވެ ތިމާވެއްޓަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަމަށް ދެކެން"

އެމްޑަބްލިއުއެސްސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އެކުންފުނިން ބުނެފައިވަނީ ކޮވިދް19ގެ މި ހާލަތުގައި އެ ކުންފުނީގެ އެހެން ހިދުމަތްތައް ހޯދުމަށްވެސް އޮންލައން ޕްލެޓްފޯމުތަކުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރާ ކަމަށެވެ.