އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފި
ޕީއެމްއާއި ޕީއެންސީން އިއްޔެ ބޭއްވި “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ. ރާއްޖޭގައި ތިބި ކަމަށް ބުނާ، އަވަށްޓެރި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން އިސްވެ އަންނަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މިހާރު މުޅި ރާއްޖެއަށް ވެސް ފުޅާކޮށްފައިވާ މި ހަރަކާތުގެ އެއްވުންތައް ވެރިރަށް މާލޭގައި ވެސް ދަނީ ބާއްވަމުންނެވެ. މިގޮތުން އިއްޔެ ހަވީރު ވެސް [...