ޖަމިއްޔަތުލް އިއްތިހާދުން، ފުލުހުންގެ ޚިދުމަތަށް ހުށަހެޅި ސިޓީގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރާ ކަމަށް ބުނެ ޖަމްއިއްޔަތުއް އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ދާދިފަހުން ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.

Ad
rt

މިރޭ ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޖަމިއްޔަތުލް އިއްތިހާދުގެ ނަމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް އެ ހިދުމަތުން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެ ހިދުމަތުގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިހިދުމަތުން ބެލިބެލުމުން ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުންކަމުގައި ނުވާތީ އެސިޓީއާމެދު އަމަލުކުރިގޮތް އެސިޓީ ފޮނުވިފަރާތަށް އަންގާފައި ނުވާނެއެވެ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެސިޓީއާމެދު އެ ހިދުމަތުން އަމަލުކޮށްފައިވާނީ ފުލުހުންނާ ހިއްސާކުރާ މައުލޫމާތުތަކާމެދު އަމަލުކުރަމުންދާ އުސޫލުންކަމަށެވެ.

އިސްލާމްދީނާއި ހިލާފަށް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ފުލުހުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެެއްކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެސިޓީގައި ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތެއް ނޫންކަންވެސް ފާހަގަކުރާކަމަށް ފުލުހުން ވިދާޅުވެއެވެ.