ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ އިންޖީނުގެތައް ހުރި ރަށްތަކުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމުގެ މަސައްކަތުގެ 99 އިންސައްތަ ހާސިލުކުރެވިފައިވާކަމަށް ފެނަކައިން ބުނެފިއެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

Ad
rt

ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅު، ރަތްމަންދޫ އިންޖީނުގޭގެ ބިންގާ އެކަހެރި ހިސާބެއްގައި އެޅުމާއެކު 99 ޕަސެންޓް ހާސިލް ކުރެވިފައި ވާކަން ކަމަށެވެ.

ރަތްމަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގެ އިތުރުން ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދެވެ.

އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.

އިންޖީނުގެ ތައް އާންމުންނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރުމާއިއެކު ކުރިން އިންޖީނުގެ ހުންނަ ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުން މިއަދު އެތަކުލީފުންވަނީ ސަލާމަތްކުރެވިފައެވެ.

މި ސަރުކާރު އެންމެ މުހިންމު ކަމެއް ދީގެން ކުރާނެ ކަމަކީ ރައްޔިތުން ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ސަރުކާރުގެ އިސްވެރިން އަންނަނީ ބުނަމުންނެވެ.

އިންޖީނުގޭގެ މި މަސައްކަތްތަކަކީ ބޮޑު ކާމިޔާބީއެއްކަމަށް ފެނަކައިން ގަބޫލުކުރައްވައެވެ. ކުރިން ފެނަކަ އަކީ ދަރަނި ވެރިވެފައިވާ ކުންފުންޏެއް ކަމުގައިވީ ނަމަވެސް މިއަދު ފެނަކަ އަކީ ނަފާވާ ކުންފުންޏެވެ.