ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެތަން ތައްޔާރުކުރާއިރު، އެތަނުގައި ހައްދަމުންދާ ވިނަގަނޑަށް ނުބަލައި މަސައްކަތް ކުރިއަށް ގެންދާތީ ވިނަގަނޑަށް ގެއްލުންވާކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
މިރޭގެ ޖަލްސާއަށް ޖުމްހޫރީ މައިދާން ދަނީ ތައްޔާރު ކުރަމުންނެވެ.
މެޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް "މީޓިން"ގައި ތަކުރާރުކޮށް ދަންނަވާފައިވާ ކަމަށެވެ.
"ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން" ޑރ. މުޢިއްޒު ވިދާޅުވެފަވެއެވެ.
ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހެދެނީސް އެއްވެސް އެއްޗެއް ވިނަ މަތީ ނުބެހެއްޓުމަށް މީޓިންގ ގައި ތަކުރާރުކޮށް ދެންނެވުމުންވެސް، އެއްވެސް ބެލުމެއްނެތި މިކަން ކޮށްފައިވާތީ ހިތާމަކުރަން. @ShimranAb @HomeMinistrymv pic.twitter.com/0Sl63TXti2
— Dr Mohamed Muizzu (@MMuizzu) December 26, 2021
މޭޔަރުގެ މި ޓްވީޓްގައި ވަނީ ހޯމް މިނިސްޓަރު ސެއިޚް އިމްރާނާއި، އެ މިނިސްޓްރީ ޓެގް ކުރަށްވައި މިކަން އެފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައެވެ.
ޖުމްހޫރީ މައިދާން ސަރަހައްދު ވަރަށް ބޮޑަށް ހަލާކުވެފައި ވަނިކޮށް އެ ސަރަހައްދު އަލުން ރީތި ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.