Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,664 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

"ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް، ބީލަމަށް ހުޅުވާލުމުގެ މަސައްކަތް އޮތީ ފަހު މަރުހަލާގައި"
Parliament

"ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށް، ބީލަމަށް ހުޅުވާލުމުގެ މަސައްކަތް އޮތީ ފަހު މަރުހަލާގައި"

ނުވަ ރަށެއްގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ޓެންޑަރކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ދެއްކެވި ވާހަކާގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހއ. ކެލާ، ރ. އިނގުރައިދޫ އަދި ފ. ފީއަލީ...

އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު
Thiladhunmathi News

އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެ: ޝާހިދު

އަންހެނުން ބާރުވެރިކޮށް، ހައްގު މަގާމު ހޯދައި ދިނުމަކީ އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއްކަމަށާއި، އަންހެނުން މިހާރު ފިރިހެނުންނަކަށް ދުލެއް ނުކުރާނެކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހަޅުއްވާފައިވާ އަންހެން ކައުންސިލަރުންނާއި، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވ...

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ
Parliament

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އޭނާ ފާހ...

ވައްކަމާއި، ފޭރުން އިތުރުވެ ރަށުގައި އަމާން ވެއްޓެއް ނެތް: މަކުނުދޫ ކައުންސިލް
Thiladhunmathi News

ވައްކަމާއި، ފޭރުން އިތުރުވެ ރަށުގައި އަމާން ވެއްޓެއް ނެތް: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ، ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ގެއްލިފައިވާކަމަށާއި، މިވަގުތު މަކުނުދޫގައި އަމާންވެއްޓެއް ޤާއިމް ވެފައި ނެތްކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، މަކުނުދޫގައި ވައްކަން އިތުރުވެފަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް މަކުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި މަކުނުދޫ ކައުންސިލުން ވިދާޅުވީ، މަކުނުދޫގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވެ ރައްޔިތުންގެ މުދަލަށް ރ...

މިނިސްޓަރު ހުސެން މިއަދު މަޖިލީހަށް ހާޒިރު ކުރެވުނީ "އިދާރީ އޮޅުމަކުން"
Parliament

މިނިސްޓަރު ހުސެން މިއަދު މަޖިލީހަށް ހާޒިރު ކުރެވުނީ "އިދާރީ އޮޅުމަކުން"

މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސައިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު (ވައްޑޭ) ސުވާލެއް ފޮނުވާފައި ވަނިކޮށް، “އިދާރީ އޮޅުމަކުން” މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ. މެންބަރު ވައްޑޭ ލިޔުމުން ޖަވާބު ހޯދަން ފޮނުއްވާފައި ވަނީ ސައޫދީ ފަންޑްގެ އެހީގައި ދިއްދޫގައި ގާއިމު ކުރަން ނިންމާފައިވާ 25 ޓަނުގެ އައިސްޕްލާންޓްގެ މަސައްކަތް ނުފެށޭތީ އެކަމާއި ގުޅޭގޮތުންނެވެ. މިނިސ...

ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީ މީހަކު ހޯދަނީ
Raajje

ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީ މީހަކު ހޯދަނީ

ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީ ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް (30އ) ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި އެވެ. ފުލުހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް...

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް
Thiladhunmathi News

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އާ ލޯގޯ ޑިޒައިން ކުރީ، ވެލިދޫ ޒުވާނެއް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އާ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ހުޅައެޅުންތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމަކަށް ނ. ވެލިދޫ ޒުވާނެއްކަމުގައިވާ އަޙްމަދު ޙާލިދުގެ ހުށައެޅުން ހޮވިއްޖެ އެވެ. ކޭއާރުއެޗުން ބުނީ މިއީ ހޮސްޕިޓަލު އުފެއްދައި ބޭނުން ކުރަން ފެށި ލޯގޯ ބަދަލު ކުރި ފުރަތަމަ ފަހަރު ކަމަށާއި އާލޯ އެއް ފަރުމާކުރުމަށް ހުޅިވާލީ ހޮސްޕިޓަލަށް އަންނަމުންދާ ކުރިއެރުމާއި މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އާ ލޯގޯއިން ބުނެދޭ މެސެޖާއި އެއްގޮތަށް އިތުރު […...

ފޭކް ސްލިޕެއް ދީފައި އައިފޯން 11 ހޯދި މީހަކު 10 މަހަށް ޖަލަށް
Raajje

ފޭކް ސްލިޕެއް ދީފައި އައިފޯން 11 ހޯދި މީހަކު 10 މަހަށް ޖަލަށް

ފޭކް ސްލިޕެއް ފޮނުވުމަށްފަހު އައިފޯނެއް ހޯދި މީހަކު ދިހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. އެ ހުކުމް އައީ ހދ. ނޭކުރެންދޫ ވިނަރެސް. އާދަމް ވިޝާންގެ މައްޗަށެވެ. މިދިޔަ އަހަރުގެ މާޗް މަހު، ރާއްޖޭގައި ފޯނު ގެނެސް ވިއްކާ ފިހާރަކަށް އޮންލައިންކޮށް އައިފޯން 11 އަށް މީހަކު އޯޑަރު ދިނުމަށްފަހު އެ ފޯނު ގެނައުމުން 13،500ރ. ގެ ފޭކް ސްލިޕެއް އެ ކުންފުންޏަށް އޭނާ ފޮނުވި އެވެ. އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމުގެ […]

ށ. އަތޮޅުގެ އެމްޑީޕީ މެންބަރުން ތިބީ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވުމުގެ އަޒުމުގައި: ވައްޑޭ
Raajje

ށ. އަތޮޅުގެ އެމްޑީޕީ މެންބަރުން ތިބީ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވުމުގެ އަޒުމުގައި: ވައްޑޭ

ށ. އަތޮޅުގައި ތިބި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން ތިބީ ޕާޓީގެ އަސްލު އަމާޒަށް ވާސިލްވުމުގެ އަޒުމުގައި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ. މިވަގުތު ށ. އަތޮޅުގައި އިންތިގެ ކެމްޕޭންގައި އުޅުއްވަމުން ވައްޑޭ ވިދާޅުވީ، އިންތިއާއި ކެމްޕޭން ޓީމް ށ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ އަތޮޅަށް […]

އެމްއެސްއެސްއިން ބަލްކް ކެރިއަރ ބޯޓެއް ގަންނަނީ، މިއީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓު
Business

އެމްއެސްއެސްއިން ބަލްކް ކެރިއަރ ބޯޓެއް ގަންނަނީ، މިއީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓު

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ބަލްކް ކެރިއަރ ބޯޓެއް ގަތުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް ގެންނަ ބޯޓެއްކަމަށެވެ. ސައީދު ވިދާޅުވީ މި ބޯޓު ވެގެންދާނީ ދިވެހި ކުންފުންޏަކުން ގަންނަ އެންމެ ބޮޑު ބޯޓު ކަމަށާއި މިއީ 190 މީޓަރުގެ ބޮޑު ބޯޓެއް ކަމަށެވެ. އެމ...

އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ދެނީ
Raajje

އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ދެނީ

އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރ...

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި
Raajje

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް" އަވަސްކުރަން، ރައީސް ނަޝީދު ގޮވާލައިފި

މަސްވެރިންގެ ޝަކުވާއަށް ހައްލު ހޯދަން “ގޭދޮށު މަސް ޕްލާންޓް” ގެ ވަޢުދު ފުއްދުން އަވަސްކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފި އެވެ. ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ “ކެޔޮޅު މީ އަހަރުމެން ބުނިގޮތެއްނޫން” މިސުރުހީގެ ދަށުން މީސްމީޑިޔާގައި އާންމުކުރި ލިއުމެއްގަ އެވެ.  މަސްވެރިންގެ އަތުން މަސް ގަތުން ކޮންޓްރޯލް ކުރުމާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ގިނަ މަސްވެރިން ގުޅައި އެ ކަމުގެ ޝަކުވާ އުފުލި ކަމަށް އެލިއުން ފަށަމުން ވިދާޅުވެފައިވެއެވެ. “އަހަރު ދެކ...

ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ
Thiladhunmathi News

ކޭއާރުއެޗްގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަނީ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމުކުރަން ނިންމައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު 7 މަޝްރޫޢުއެއް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އިންޑިއާ ހައިކޮމިޝަނުން ބުނާ ގޮތުގައި މި މަޝްރޫޢުތަކަކީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ސ. ޖައިޝަންކަރު ރާއްޖެއަށް އެންމެފަހުން ކުރެއްވެވި ދަތުރުފުޅުގައި އިޢުލާންކުރަށްވާފައިވާ މަޝްރޫޢުތަކެކެވެ. އިން...

ޤަވާއިދާ ޚިލާފަށް ހިންގަމުންދާ، ސިއްޙީ ޚިދުމަތްދޭ ތަންނުގެ ހުއްދަ ބާޠިލުކޮށްފި
Raajje

ޤަވާއިދާ ޚިލާފަށް ހިންގަމުންދާ، ސިއްޙީ ޚިދުމަތްދޭ ތަންނުގެ ހުއްދަ ބާޠިލުކޮށްފި

ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ސިއްޙީ ޚިދުމަތްދޭ ތަންނުގެ ހުއްދަ ހެލްތު މިނިސްޓްރީން ބާޠިލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދު އިސްލާހުކޮށް 2021ވަނަ އަހަރު މާރޗްމަހު ޢަމަލުކުރަން ފެށުމާއިއެކު، ޚިދުމަތްދޭ ތަންތަން ޤާނޫނުގެ ދަށުން ރީރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް އަންގާފައިވާކަމަށާއި އަދި ދެފަހަރެއްގެ މަތިން އެންގުމުންވެސް ރީ-ރަޖިސްޓްރީވެ ލައިސަންސް ހޯދުމަށް ހުށަނާޅާ ސިއްޙީ ފަރުވާދޭ ތަންތަން ހިންގަމުންދާކަން ފާ...

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ
Thiladhunmathi News

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީ މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ. ފުލުހުން އާންމުންގެ އެހީއަށްއެދި ހޯދަން ވަނަ ވަރު އާންމުކޮށްފައިވަނީ، ހދ. ކުޅުދުއްފުށި /  ރޫބީ، މުޙައްމަދު ޢަލީ (38އ) އެވެ. ފުލުހުން ބުނެފައިވަނީ، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން […]