މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުގައި ހދ. ކުޅުދުއްފުށި ސިޓީ މީހަކު ހޯދަން ފުލުހުން އިޢުލާން ކޮށްފި އެވެ.
ފުލުހުން އާންމުންގެ އެހީއަށްއެދި ހޯދަން ވަނަ ވަރު އާންމުކޮށްފައިވަނީ، ހދ. ކުޅުދުއްފުށި / ރޫބީ، މުޙައްމަދު ޢަލީ (38އ) އެވެ.
ފުލުހުން ބުނެފައިވަނީ، ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.
މުޙައްމަދު ޢަލީ ހާޒިރުކުރެވޭ ހައިސިއްޔަތުކަމަށް ފުލުހުން ބުނެފައިވަނީ، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑިއަކީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2022 އޭޕްރީލް 17 ވަނަ ދުވަހުގެ 12:00 އަށެވެ.
މުޙައްމަދު ޢަލީ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9901454 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!