ފޭކް ސްލިޕެއް ފޮނުވުމަށްފަހު އައިފޯނެއް ހޯދި މީހަކު ދިހަ މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ ހުކުމް އައީ ހދ. ނޭކުރެންދޫ ވިނަރެސް. އާދަމް ވިޝާންގެ މައްޗަށެވެ.
މިދިޔަ އަހަރުގެ މާޗް މަހު، ރާއްޖޭގައި ފޯނު ގެނެސް ވިއްކާ ފިހާރަކަށް އޮންލައިންކޮށް އައިފޯން 11 އަށް މީހަކު އޯޑަރު ދިނުމަށްފަހު އެ ފޯނު ގެނައުމުން 13،500ރ. ގެ ފޭކް ސްލިޕެއް އެ ކުންފުންޏަށް އޭނާ ފޮނުވި އެވެ.
އޭނާގެ މައްޗަށް ކުރީ ސައްހަ ނޫން ލިޔުމުގެ ތެދުުކަން ދެއްކުމުގެ ދައުވާ އާއި އެހެން މީހެއްްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް އޭނާ ކޯޓުގައި އެއްބަސްވި އެވެ.
މިދިޔަ ބުދަ ދުވަހު ކޯޓުން ހުކުމްކުރީ ސައްހަ ނޫން ލިޔުމުގެ ތެދުކަން ދެއްކުމުގެ ކުށުގައި ތިން މަހާއި 18 ދުވަހަށް އަދި ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގައި ހަތް މަހާއި ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!