ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީ ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް (30އ) ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގަން ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް ނ. މިލަދޫ / ކަންމަތީގެ، ޢަލީ ޞަބާޙް (30އ) އަށް އަންގައި އިއުލާނުކުރާކަމަށެވެ.

Ad
rt

ޑޮލަރު ވިއްކާނެކަމަށްބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހާޒިރުވުމަށް އަންގާފައިވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2022 އޭޕްރީލް 30 ވަނަ ދުވަހުގެ 12:00 އަށެވެ.

ޢަލީ ޞަބާޙްއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެއެވ.