Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,665 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ފައްޔާޒު ކެމްޕޭނަށް އުތުރުގެ ބައެއް ރަށްރަށަށް
Raajje

ފައްޔާޒު ކެމްޕޭނަށް އުތުރުގެ ބައެއް ރަށްރަށަށް

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ފައްޔާޒުގެ އަރިހުގައި މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގައި ފައްޔާޒާއި “އެމްޑީޕީ ހިންގާލަން” ކެމްޕެއިން ޓީމް ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށީ ސިޓީ އަށެވެ. ފައްޔާޒާއި، ކެމްޕެއިން ޓީމް ކުޅު...

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހަށް
Raajje

ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހަށް

މީސްމީޑިއާ މެދުވެރިކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަށް އިންޒާރު ދިން މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ. އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މީސްމީޑިއާގައި މީހަކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ ތަހްގީގުކޮށް ދިނުމަަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. ޓްވީޓާގައި މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ހިންގާ އެކައުންޓަކުން މެއި 1 ވަނަ ދުވަހުގެ ރޭ...

އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު
Raajje

އެމްޑީޕީ އަނެއް ލެވެލްއަށް ގެންދިޔުމަށް އެ ތަޖުރިބާއާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ ފަޔާ: އަޙްމަދު

އެމްޑީޕީ އެހެން ލެވެލް އަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު އެ ތަޖުރިބާއާއި، އެ ހުނަރާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި އަޙްމަދު ވިދާޅުވީ، ފަޔާއަށް ތާއީދު ކުރަން ނިންމެވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. ބެއްލެވީ ކުރަން މިއުޅެނީ...

މިދިޔަ އަހަރު ޕެންޝަން ފަންޑަށް، އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ
Raajje

މިދިޔަ އަހަރު ޕެންޝަން ފަންޑަށް، އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ

ފާއިތުވި 2021 އަހަރު ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް ފައިދާގެ ގޮތުގައި 625 މިލިޔަން ރުފިޔާ ލިބިފައިވާ ކަން ޕެންޝަން އޮފީހުގެ އަހަރީ ރިޕޯރޓުގައި ހަމާކޮށްފިއެވެ. ޕެންޝަން އޮފީހުން ބުނީ، މިއީ 2020 ވަނަ އަހަރުގެ ފައިދާއަށްވުރެ %11.6 މަތި އަދަދެއްކަމަށެވެ. އަދި މިއީ ކޯވިޑް 19 ގެ ކުރިން އެފަންޑުގެ ފައިދާއިން އަހަރަކަށް ޖެހޭ އެވްރެޖް %5 އަށް ވުރެ ވެސް މަތީ އަދަދެއްކަމަށް އެ ރިޕޯގައި ބުނެފައިވެއެވެ. މީގެއިތުރުން 2021 ވަނަ އަހަރަކީ ޕެންޝަން އޮފީހުން […]

ފެނަކައިން ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި
Business

ފެނަކައިން ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި

ފެނަކައިގެ ޙިދުމަތްދެމުންގެންދާ ހުރިހާ ރަށެއްގައި ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކޮށްފި އެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކައިގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ބްރާންޗްތަކުގައި މިއަދު ހެދުނުންފެށިގެން ދަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. ފެނަކައިން ބުނީ، މި ހަރަކާތްތަށް މިރެޔާ ހަމަޔަށް ކުރިއަށްގެންދިޔުމަށް ވަނީ ރޭވިފައިވާކަމަށެވެ. އެގޮތުން ރަށްރަށުގެ ހުންނަ ފެނަކަ އޮފީސް އަދި އިންޖީނުގެ ސާފު ކުރުމުގެ އިތުރުން ގޮނޑުދޮށް ތ...

މިނިމަމް ވޭޖުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ނުދެކެން: ނާޒިމް
Raajje

މިނިމަމް ވޭޖުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ނުދެކެން: ނާޒިމް

އެންމެ ކުޑަ އުޖޫރަ ( މިނިމަމް ވޭޖު) ކަނޑައެޅުމުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން، ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް ފޮނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. ނާޒިމް ވިދާޅުވީ، ރާއ...

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ
Raajje

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ ބުރަކޮށް މަސައްކަތްކުރާ ދިވެހީންނަށް ދޭންވީ ވަގުތުކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ޕާޓީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަކީ ގައުމުގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތަބައީ މުއްސަނދިކަމުން ލިބޭ މަންފާގެ ބޮޑުބައި ޒަމާނުއްސުރެން ނަގަމު...

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި
Raajje

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ. މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ. ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފު...

ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ
Raajje

ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ

މާދަމާ އަކީ 1443 ވަނަ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ […]

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ
Raajje

ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ: އިބްރޭ

މި ސަރުކާރާއެކު ތިބެ، ސަރުކާރާމެދު ނުރުހެނީ ސަރުކާރު ބޭނުންކޮށްގެން އަމިއްލަ ފައިދާ ނުނެގޭތީ ކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އަންނަ މަހު 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީ ވަނީ ދެ ފަޅިވެފައެވެ. އެ އިންތިޚާބުގައި އެންމެ ވާދަ ވެރިކަން ބޮޑީ ޗެއާޕާސަންގެ މަޤާމެވެ. އެ ޕާޓީ ދެފަޅި ވެފައިވާއިރު އެއް ފަޅިއަކީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް […]

ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު
Parliament

ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް: ނިހާދު

ޤާނޫނީ ވަކީލުންގެ ޙައްޤުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނުނިންމައި، ކޮމެޓީގެ މުޤައްރިރުގެ އަމިއްލަ ކެމްޕެއިންގައި އުޅުމަކީ އެ ވަކީލުންގެ ޙައްޤަށް އަރައިގަތުން ކަމަށާއި، ސަރުކާރަށް ކުރާ ޖެއްސުމުގެ ސަބަބުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މުޤަައްރިރަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު...

އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި
Raajje

އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކޮށްފި

ފެލިދެއަތޮޅު (ވ. އަތޮޅު) އަންބަރާއާއި ހުޅިދޫއަކީ ވ. އަތޮޅު ކައުންސިލްގެ ދަށުގައިވާ ދެރަށް ކަމަށް ކަނޑައަޅައި އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ. ވ. އަތޮޅު ކައުންސިލްގެ ހަ މެންބަރެއްގެ ވޯޓުން ފާސްކޮށްފައިވާ މި ގަރާރުގައި ބުނެފައި ވަނީ އެ އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ ހުޅިދޫއަކީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން “އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް”އަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށެއްކަމަށެވެ. އަދި އަންބަރާއަކީ މިނިސްޓްރީ އޮފް ޓޫރި...

ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް، ބިޝްވަޖިތު
Business

ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް، ބިޝްވަޖިތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ، މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ. ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ބިޝްވަޖިތު ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައިކަމަށް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. ބިޝްވަޖިތު އަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ...

އެމްޑީޕީގެ ޝަކުވާ ކޮމިޓީން ނިންމި ނިންމުންތައް ޤަވާޢިދާއި ޚިލާފް: ފައްޔާޒުގެ ކެމްޕެއިން ޓީމް
Raajje

އެމްޑީޕީގެ ޝަކުވާ ކޮމިޓީން ނިންމި ނިންމުންތައް ޤަވާޢިދާއި ޚިލާފް: ފައްޔާޒުގެ ކެމްޕެއިން ޓީމް

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ގުޅޭގޮތުން ޝަކުވާ ބަލާ ކޮމިޓީން، އެ ޕާޓީން އާންމުކޮށްފައިވާ ގަވައިދުތަކާއި އަމަލުކުރަމުންދާ އުސޫލުތަކާއި ޚިލާފަށް ނިންމުންތަކެއް ނިންމައިފައިވާކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމް، ހިންގާލަން ކެމްޕެއިން ޓީމުން ބުނެފިއެވެ. ހިންގާލަން ކެމްޕެއިން ޓީމުން މިހެން ބުނެފައި ވަނީ، އެ ޓީމްގެ ކެންޑިޑޭޓު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތަސައްވަރު ކިނލަބުކޮށް އެމްޑީޕީގެ މެމްބަރު...

ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި ފަޔާގެ ނަން ފާހަގަ ކުރަން: ގަޕޯ
Raajje

ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި ފަޔާގެ ނަން ފާހަގަ ކުރަން: ގަޕޯ

މި ިސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކުގެ ވަރަށް އިސް ސަފުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ)ގެ ނަން ފާހަގަ ކުރައްވާ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުއްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ފަޔާއަށް ތާއީދުކުރައްވައި ވީޑިއޯ މެސެޖެއްގައި ގަޕޯ ވިދާޅުވީ، ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަންގެ މަޤާމަށް މީހަކު ހޮވާއިރު ވޯޓު ދޭންޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އަދި އެއީ ވަކި މީހެއް ވީމައި ދޭންޖެހޭ ވޯޓެއް ނޫން ކަމަށާއި، ނުވަތަ ވަކި މީހެއް ބުނެގެން ދޭންޖެހޭ ވޯޓެއް […]