އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކެމްޕެއިންނަށް އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފިއެވެ.
ފައްޔާޒުގެ އަރިހުގައި މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް ވާދަ ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ދަތުރުގައި ފައްޔާޒާއި "އެމްޑީޕީ ހިންގާލަން" ކެމްޕެއިން ޓީމް ފުރަތަމަ ވަޑައިގަތީ ކުޅުދުއްފުށީ ސިޓީ އަށެވެ. ފައްޔާޒާއި، ކެމްޕެއިން ޓީމް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމުން މަރުޙަބާ ދެއްނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާޠިފްގެ އިތުރުން އެ ސިޓީގެ އެމްޑީޕީގެ މެންބަރުންނެވެ.
އެއަށް ފަހު ވަޑައިގަތީ ކުމުންދޫ އަދި ނޭކުރެންދޫއަށެވެ. އެއަށްފަހު ވަޑައިގަތީ މަކުނުދޫ އަށެވެ. ފައްޔާޒުގެ ކެމްޕެއިން މިރޭ ކުރިއަށް ދާނީ ކުޅުދުއްފުށީ ސިޓީގައެވެ.
ފައްޔާޒު މާދަމާއާއި އަނެއްދުވަހު ވަޑައިގަންނަވާނީ ރ. އަތޮޅާއި، ޅ. އަތޮޅުގެ ބައެއް ރަށްރަށަށެވެ.
ފައްޔާޒުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދޭގޮތުގައި ހިންގާލަން ކެމްޕެއިންޓީމްގެ ދަތުރު ތަކުގައި އެމްޑީޕީގެ މެންބަރުންގެ ކިބައިން ދަނީ ކެންޑިޑޭޓް ފައްޔާޒަށާއި، ރޮޒައިނާއަށް ބޮޑު ތަރުޙީބެއް ލިބެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!