ރާއްޖެ ފުރަތަމަ ފަހަރަށް އދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސްގެ މެމްބަރަކަށް
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ އަހަރުގެ ދައުރަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެ އދ. ގެ މެމްބަރަކަށް ވުމަށްފަހު، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި މި މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އދ. ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މި އިންތިޚާބުގައި ރާއްޖެއިން ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު […]