ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި ރޭގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާގައި ތިން ޑިންގީއެއް އެނދިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިލަންދޫ ފައިބަރ މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ ރޭ (1 ޖޫން 2026) 23:09 ކަންހާއިރު ކަމަށެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
''މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައި'' ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މިލަންދޫ އެއާޕޯޓް އަޅާ ސަރަހައްދާ ކައިރީގައި ހުންނަ "އާދަމްކޮއިބޭ" ފައިބަރު މަސައްކަތްކުރާ ސަރަހައްދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!