ށ. ފޯކައިދޫގައި ކުނިވާ ޒާތުގެ ކުނި ނައްތާލުމުގެ ބޭނުމުގައި އެ ރަށު ކައުންސިލުން ތަރައްޤީކުރަން ބޭނުންވާ ޖެޓީ އެޅުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިއެއްގެ އެހީތެރިކަން ލިބޭގޮތް ހަމަޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ފޯކައިދޫ ކައުންސިލުން ބުނިގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ފަންޑު ހޯދުމަށް ކައުންސިލުން ކުރި މަސައްކަތުގެ ތެރެއިން މިހާރު ވަނީ އެ ފަރާތާއެކު ނުރަސްމީ ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.

Ad
d

މި ޖެޓީއަކީ ހާއްސަކޮށް މަހުގެ ބޮލާއި ކަރުގޮހޮރުގެ އިތުރުން ކުނިވާ ޒާތުގެ ތަކެތި އުކާލުމަށްޓަކައި އެޅުމަށް ނިންމާފައިވާ ތަނެކެވެ.

މީގެ އިތުރުން، މި ޖެޓީ ފަރުމާކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ ފެންވަރަށް، ސްޕޯޓްސް ފިޝިންގ ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމަށް ވެސް ބޭނުންކުރެވޭނެ ގޮތަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އަންވަރު ވަނީ ރައްޔިތުންގެ ޚިޔާލަށް އެދިފައެވެ. އޭނާ ވަނީ ކުނި މެނޭޖުކުރުމަށް އިތުރު ހައްލެއް ހޯދުމުގެ ނިޔަތުގައި އަޅާ މި ޖެޓީ، އެޅުން އެންމެ ރަނގަޅީ ރަށުގެ ކޮން ދިމާލެއްގައިތޯ ރައްޔިތުންގެ ޚިޔާލަށް އެދިފައެވެ.

Ad
df

މި ޖެޓީގެ ސަބަބުން ފޯކައިދޫގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނިވާ ޒާތުގެ ތަކެތި ނިޒާމީ ގޮތެއްގައި ނައްތާލުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ވެސް ލިބޭނެ ފުރުޞަތެކެވެ.