ހއ. ފިއްލަދޫ ކައުންސިލްގެ ރަސްމީ އެންގުންތަކާއި މަޢުލޫމާތުތައް ރައްޔިތުންނާ ގާތުން ހިއްސާކުރުމަށްޓަކައި، އެ ކައުންސިލްގެ ރަސްމީ ވައިބަރ ކޮމިއުނިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ.

ފިއްލަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ކޮމިއުނިޓީ އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލުން ނެރޭ އެކި އެކި އެންގުންތައް ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. ވައިބަރ އަކީ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަނަކަށް ވާތީ، މިއީ މަޢުލޫމާތު ފެތުރުމަށް އެންމެ އެކަށީގެންވާ ވަސީލަތް ކަމަށް ކައުންސިލުން ދެކެއެވެ.

Ad
rt

ކައުންސިލުން ވަނީ މި ކޮމިއުނިޓީގައި ބައިވެރިވުމަށް ބޭނުންވާ ލިންކް ވެސް އާންމުކޮށްފައެވެ. އެގޮތުން https://invite.viber.com/?g2=AQBQW6yIf39psVahvvPCYxX8A02j0z6hqpYeXTK5ybq9u1PsGRcsXZRZ6p3XnOVe މެދުވެރިކޮށް ކޮމިއުނިޓީއާ ގުޅޭނެއެވެ.

ފިއްލަދޫ ކައުންސިލުން އިތުރަށް ބުނީ، އެ ރަށަށް ނިސްބަތްވާ އެންމެހާ ފަރާތްތަކުން މި ކޮމިއުނިޓީގައި ބައިވެރިވުމަކީ އެ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެ ސަބަބުން ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އަވަސްކަމާއެކު ރައްޔިތުންނަށް ލިބިގެންދާނެއެވެ.