ރައީސް އާއި ޢާއިލާގެ ދަތުރުފުޅުތަކާއި ގުޅުވައި ފަތުރަނީ ދޮގެއް: އިގްބާލް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ޢާއިލާއިން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓްތަކެއްގައި އިޤްބާލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ކުރައްވަމުން ގެންދަވާ އަމިއްލަފުޅު އެކިއެކި ދަތުރުފުޅުތަކާއި ގުޅު...