Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,664 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޖަޕާނުން ރާއްޖެއަށް 68.7 މިލިއަން ރުފިޔާގެ އެހީ
Raajje

ޖަޕާނުން ރާއްޖެއަށް 68.7 މިލިއަން ރުފިޔާގެ އެހީ

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ވެދޭ އެހީތެރިކަމުގެ ދަށުން 68.7 މިލިޔަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިފަހަރު ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ، 68،750،000 (ފަސްދޮޅަސްއަށް މިލިޔަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާގެ ހިލޭ އެހީއެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބުދު ﷲ ޝާހިދާއި ޖަޕާނުން...

ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
Raajje

ތ. ގުރައިދޫގައި އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ބިދޭސީއަކު މަރާލާފައިވާއިރު އަނެއްކާވެސް އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ. އެމީހާ އިތުރަށް ބުނީ މިއީ ބިދޭސީންގެ މެދުގައި ހިންގައިގެން އުޅޭ ހަމަނުޖެހުމެއްކަމަށް ބެލެވޭކަމަށެވެ. މިފަހަރު ފެނުނު ބިދޭސީ މީހާގެ ބޮލަށްވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. މިރޭ ފަހުން ޒަހަމުތަކަކާއެކު މަރުކަަޒަށް ގެންދެވުނު މީހާ ގެންދެވުނު އިރު ހޭނެތިފައިވ...

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލާފައި އޮއްވާ ފެނިއްޖެ
Raajje

ތ. ގުރައިދޫގައި ބިދޭސީއަކު މަރާލާފައި އޮއްވާ ފެނިއްޖެ

ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާލުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނިއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. އެރަށުން “ތިލަދުން” އަށް ވާހަކަ ދެއްކި މީހަކު ވަނީ އެކަން ޔަޤީން ކޮށްދީފައެވެ. އެމީހާ ބުނީ އެ ބިދޭސީ މީހާ ދިރިއުޅޭ ކޮޓަރިއަށް ޓިނު ނަގައިގެން މީހަކު ނުވަތަ ބަޔަކު ވަދެފައިވާ ކަމަށް ބެލެވޭކަމަށެވެ. އެމީހާ މަރާލުމަށްފަހު އެއްލާލާފައި އޮތީ އެމީހާ ދިރިއުޅޭ ތަނުގެ ކުރިމައްޗަށް ކަމަށްވެސް އެމީހާ ބުންޏެވެ. އެބިދޭސީ މީހާއަކީ ހިއްކައިގެން ގުރައިދޫއަށް އިތުރުކޮށްފައިވާ ސަރަޙ...

ރަށަށް ދާން އެދިފައިވާ 1078 މީހަކު ކަރަންޓީނަށް ފޮނުވައިފި
Raajje

ރަށަށް ދާން އެދިފައިވާ 1078 މީހަކު ކަރަންޓީނަށް ފޮނުވައިފި

ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ކޮންމެހެން ރަށަށް ދާން ޖެހޭކަމަށް ފާހަގަ ކުރެވުނު 1800 މީހުންގެ ތެރެއިން 1078 މީހަކު ރަށްރަށަށް ގެންދިއުމަށްޓަކައި ކަރަންޓީނަށް ފޮނުވިއްޖެ ކަމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ބާކީ ތިބި މީހުން މި މަހުގެ 24 ގެ ނިޔަލަށް ކަރަންޓީނަށް ފޮނުވޭނެ ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 3016 […]

މާލޭ ސަރަހައްދުގެ ފުރަބަންދު ނިމުމުން ލުއި ތަކެއް ދެނީ
Raajje

މާލޭ ސަރަހައްދުގެ ފުރަބަންދު ނިމުމުން ލުއި ތަކެއް ދެނީ

މިހާރު މާލޭ ސަރަހައްދުގައި މި އޮތް ފުރަބަންދު ރަނގަޅަށް ތަންފީޒުވަމުންދާ ނަމަ، މި މަހު 28 ގެ ފަހުން ފުރަބަންދަށް ލުއިތަކެއް ދޭން ތައްޔާރުވަމުން ދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން މިރޭ ޤައުމާއި މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މާލެ ސަރަހައްދުގެ ފުރަބަންދަށް ލުޔެއް ދޭއިރު، އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަތަމަ ކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށް […]

ކޯވިޑް-19: 5 މިލިއަން މީހުންނަށް ބަލިޖެހިއްޖެ
International

ކޯވިޑް-19: 5 މިލިއަން މީހުންނަށް ބަލިޖެހިއްޖެ

މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައިފިއެވެ. ޕޮޒިޓިވްވި މީހުންގެ ޢަދަދު: 5,000,280 މަރުވި މީހުންގެ ޢަދަދު: 325,151 ރަނގަޅުވި މީހުންގެ ޢަދަދު: 1,970,883 20 މޭ 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 1:10 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 93,533 އަށްވުރެ ގިނަ މީހުން […]

އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް
Raajje

އިތުރު 43 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1186އަށް

ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 43 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 10 މީހަކާއި، ބަންގަލަދޭޝްގެ 28 މީހުންނާއި، އިންޑިއާގެ 4 މީހަކާއި، ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1186އަށް އިތުރުވެއްޖެއެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މިމަހުގެ އެންމެ ފަހު ދެހަފްތާ އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ކުރިން ލަފާކުރި ޢަދަދުތަކަށްވުރެ ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްކުރެވިފައިވާކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕ...

ޞިއްޙީ ޚިދުމަތް ތެރީންގެ ހިތުގެ އުދާސްތަކުން މީސްމީޑިއާ ފުރާލައިފި
Raajje

ޞިއްޙީ ޚިދުމަތް ތެރީންގެ ހިތުގެ އުދާސްތަކުން މީސްމީޑިއާ ފުރާލައިފި

ޞިއްޙީ ޚިދުމަތްތެރިން ލައްވާ ރޯދަމަހު ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރުވާފައި، މުސާރަ ދޭންވީމައި އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ބުނެ ގިނަ އަދަދެއް ޞިއްޙީ ޚިދުމަތް ތެރީން މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުން އެބަދެއެވެ. ސިއްހީޚިދުމަތްތެރިން ލައްވާ ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮއްފަ މުސާރަދޭންވީމަ އިތުރުގަޑިދޭން ބަހަނާދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. @iameeru @ibusolih @presidencymv @MoHmv @igmhmv — MARIAMARYSHA (@MARIAMARYSHA) May 19, 2020 ޞިއްހީ ޚިދުމަތްތ...

ހެޕީމާކެޓުން ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދީފި
Thiladhunmathi News

ހެޕީމާކެޓުން ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށްދީފި

ޮކޯވިޑް-19 ހާލަތުގައި ހދ. ހަނިމާދޫގެ ފްރޮންޓް ލައިނުގައި މަސައްކަތްކުރާ މީހުންބޭނުން ކުރުމަށް ހެޕީ މާކެޓްގެ ފަރާތުން ހަނިމާދޫއަށް ސެނިޓައިޒާ ހަދިޔާ ކޮށްފިއެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، ކޯވިޑް-19 ގެ މިހާލަތުގައި ހަނިމާދޫގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރުމަށް ހެޕީމާކެޓްގެ އެހީތެރިކަމުގައި ސެނިޓައިޒާ ލިބިފައި ވާކަމަށެވެ. ސަލާމް ވިދާޅުވީ ދަތުރު ފަތުރުގެ ތާށިކަމުގެ ސަބަބުން ހެޕީމާކެޓުން އެރަށަށް ފޯރުކޮށްދޭ އިތުރު ތަކެތި ލިބުން ލަސްވެފައި ވިޔަސް...

ރައްޔިތުންގެ ރައްކާތެރިކަމަށް ނެތި އިޤްތިޞާދުގެ ބޭނުމެއް ނެތް: މަބްރޫކް
Raajje

ރައްޔިތުންގެ ރައްކާތެރިކަމަށް ނެތި އިޤްތިޞާދުގެ ބޭނުމެއް ނެތް: މަބްރޫކް

ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މެނުވީ އިޤުތިޞާދެއްގެ ބޭނުމެއް ނެތް ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ބުނަމުންދާ ސިޔާސީ ގިނަ ބޭފުޅުންނަކީ ވެސް ރައްޔިތުންގެ މަންދޫބުން ކަމަށާއި، އޭގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީވެސް ރައްޔިތުންގެ މަޖިލިސްގެ...

އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފި
Business

އެސްޓީއޯއަށް 15 މިލިއަން ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފި

ކޯވިޑް-19އާ ގުޅިގެން އެސްޓީއޯއަށް 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އައި.ޓީ.އެފް.ސީން ހަމަޖައްސައިދީފިއެވެ. އެސްޓީއޯއިން މައުލޫމާތުދޭގޮތުގައި ކޯވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯއަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މީގެއިތުރުން، ކޮރޯނާ...

ޑަބްލިއުއެޗްއޯއިން އިތުރު އެހީތެރިކަން ފޯރުކޮށްދީފި
Raajje

ޑަބްލިއުއެޗްއޯއިން އިތުރު އެހީތެރިކަން ފޯރުކޮށްދީފި

ކޯވިޑް-19 އާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އިތުރު 10،000 ޓެސްޓްކިޓްއާއި، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ. މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ބުނީ ކޯވިޑް -19 ބައްޔާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ރާއްޖެއަށް ހަ...

ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް ނެރެފި
Raajje

ސަމާލުވޭ! 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް ނެރެފި

55 މޭލާއި 60 މޭލަށް ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ރ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިރޭ 20:30އިން ދަންވަރު 12:30 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާއި، 28 މޭލާއި35 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލަށް ވައިގަދަވާނެކަމަށާއި،  މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމ...

އެޗްއާރުސީއެމް މެންބަރުންގެ މައްސަލަ ކޮމިޓީއަށް
Raajje

އެޗްއާރުސީއެމް މެންބަރުންގެ މައްސަލަ ކޮމިޓީއަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރ...

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ޖޫން 8 ގައި އިފްތިތާޙުކުރަނީ
Business

"މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން" ޖޫން 8 ގައި އިފްތިތާޙުކުރަނީ

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާބެހޭ ޕްލޭން “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން” ޖޫން 8 ވަނަ ދުވަހު ވާރޗުއަލްކޮށް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބުނެފިއެވެ. “މޯލްޑިވްސް، ދަ ސަން ވިލް ޝައިން އަގެއިން”ގެ ނަމުގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ބެހޭ ޕްލޭން އެކުލަވާލަމުންދަނީ ފަތުރުވެރިކަމާބެހޭ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއި، ހިދުމަތްދޭ ސްޓޭކް ހޯލްޑަރުން އެކުގައިކަމަށް އެމްއެމްޕީއާރު...