ކޯވިޑް-19: 5 މިލިއަން މީހުންނަށް ބަލިޖެހިއްޖެ

0A6EA5A0-113B-4391-98BF-B409123811C5

މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާގެ ވޫހާން ސިޓީއިން ފެތުރެން ފެށި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރައިފިއެވެ.

ޕޮޒިޓިވްވި މީހުންގެ ޢަދަދު: 5,000,280
މަރުވި މީހުންގެ ޢަދަދު: 325,151
ރަނގަޅުވި މީހުންގެ ޢަދަދު: 1,970,883

20 މޭ 2020، ދިވެހިރާއްޖެ ގަޑި، މެންދުރު 1:10 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)

ކޯވިޑް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާ އިންނެވެ. އެގައުމުން އެކަނި ވެސް 93,533 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އެގައުމުގައި އެވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,570,583 އަރާފައެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނާއި ސްޕެއިނުންނެވެ.

އެގޮތުން އިޓަލީން މިހާތަނަށް 32,169 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ސްޕެއިނުން މަރުވެފައިވަނީ 27,778 މީހުންނެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ވެސް ވަނީ އެގައުމުގައި ބަލީގައި މަރުވި މީހުންގެ އަދަދު 35,341 އިން މައްޗަށް ގޮސްފައިވާކަމަށާއި އެގައުމުން 248,818 މީހުންނަށް މިބަލި ޖެހިފައިވާކަން ހާމަކޮށްފައެވެ.

ފްރާންސްގައި ކޮވިޑް ޖެހުނު 28,022 އަށްވުރެ ގިނަ މީހުން މަރުވެފައިވީ ނަމަވެސް އެގައުމުގެ ހެލްތު އޮފިޝަލުން ވަނީ މިހާރު ބަލީގައި ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަން ހާމަކޮށްފައެވެ.

މިބަލި ފެތުރެންފެށި ޗައިނާގައި މިހާރު މިބައްޔަށް ފަރުވާ ކުރަމުންދާ 87 މީހުން އެބަތިއްބެވެ. އެގައުމުގެ ޖުމްލަ 82,965 މިވައިރަސް ޖެހިފައިވާއިރު މިބަލީގައި އެގައުމުން މަރުވެފައިވަނީ 4,634 މީހެކެވެ. އިއްޔެ އެގައުމުން މިބަލި އިތުރަށް ޖެހިފައިވަނީ 6 މީހަކަށެވެ.

އަވައްޓެރި އިންޑިޔާގައި 106,886 މީހުންނަށް މިބަލި ޖެހިފައިވާއިރު އޭގެތެރެއިން 42,309 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިބަލީގައި އެގައުމުން 3300 މީހުން ވަނީ މަރުވެފައެވެ.

މިބަލި ކޮންޓްރޯލް ކުރުމުގައި އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ދުނިޔޭގެ 213 ޤައުމަކަށާއި، ސަރަހައްދަށް މިހާރު ވަނީ މި ބަލި ފެތުރިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *