ތ. ގުރައިދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ބިދޭސީއަކު މަރާލާފައިވާއިރު އަނެއްކާވެސް އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދާކަމަށެވެ. އެމީހާ އިތުރަށް ބުނީ މިއީ ބިދޭސީންގެ މެދުގައި ހިންގައިގެން އުޅޭ ހަމަނުޖެހުމެއްކަމަށް ބެލެވޭކަމަށެވެ.

Ad
rt

މިފަހަރު ފެނުނު ބިދޭސީ މީހާގެ ބޮލަށްވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. މިރޭ ފަހުން ޒަހަމުތަކަކާއެކު މަރުކަަޒަށް ގެންދެވުނު މީހާ ގެންދެވުނު އިރު ހޭނެތިފައިވާކަމަށާއި އޭނާ ސިއްޙީ މަރުކަޒަށް ގެންދެވުނީ އޭނާ މަސައްކަތްކުރާ ގެއިންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިހާރު އެސަރައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުން ހަރަކާތެރިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ. މިރޭ އެރަށުން ބިދޭސީއަކު މަރާލާފައިވާއިރު މިކަމާއި ގުޅިގެން ފުލުހުން އަދި އެއްވެސް މަޢުލޫމާތެއް ނުދެއެވެ.

މިރޭ ގުރާދޫގައި ފުރަތަމަ ހިނގި ހާދިސާގައި ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ތަނުގެ ތެރެއިންނެވެ. ޒަޚަމްތަކާއެކު އެތަނުން އޭނާ ފެނިގެން ސިއްޙި މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.