ޮކޯވިޑް-19 ހާލަތުގައި ހދ. ހަނިމާދޫގެ ފްރޮންޓް ލައިނުގައި މަސައްކަތްކުރާ މީހުންބޭނުން ކުރުމަށް ހެޕީ މާކެޓްގެ ފަރާތުން ހަނިމާދޫއަށް ސެނިޓައިޒާ ހަދިޔާ ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ވިދާޅުވީ، ކޯވިޑް-19 ގެ މިހާލަތުގައި ހަނިމާދޫގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުން ކުރުމަށް ހެޕީމާކެޓްގެ އެހީތެރިކަމުގައި ސެނިޓައިޒާ ލިބިފައި ވާކަމަށެވެ.

Ad
rt

ސަލާމް ވިދާޅުވީ ދަތުރު ފަތުރުގެ ތާށިކަމުގެ ސަބަބުން ހެޕީމާކެޓުން އެރަށަށް ފޯރުކޮށްދޭ އިތުރު ތަކެތި ލިބުން ލަސްވެފައި ވިޔަސް، އިތުރު ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހެޕީމާކެޓުން ބުނެފައި ވާ ކަމަށެވެ.

ސަލާމް ވިދާޅުވީ މިފަދަ އެހީ ތެރިކަމެއް ފޯރުކޮށްދެއްވި ކަމަށްޓަކައި ހެޕީ މާކެޓަށް ޝުކުރު އަދާ ކުރާކަމަށާއި، ހެޕީމާކެޓުން ހަނިމާދޫއަށް ބައްހައްޓަވައި ގާތް ގުޅުމަށް ޓަކައި އެފަރާތަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.

ހެޕީ މާކެޓްގެ ފަރާތުން މިރޭ ހަނިމާދޫ އަށް ހަދިޔާ ކުރި ސެނިޓައިޒާ ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ މުހައްމަދު ނާޞިރެވެ. ހަނިމާދޫ ކައުންސިލްއިން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ.

ހަނިމާދޫއަށް މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައި ހަނިމާދޫ ސާބަ އެކުވެރި ކުލަބު، އައްޑޫ ފުޓް ބޯޅަ ކުލަބެެއް އެފްސީ ޒެފިޔާ އަދި ޕްރެގާރސް އެމްވީ ހިމެނެއެވެ.

ހެޕީމާކެޓުންވަނީ އެންމެ ފަހުން ފާހަގަ ކުރެވުނު ބޮޑު ޢީދު ހަނިމާދޫގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ބޮޑު އެހީތެރިކަމެއް ވެދީފައެވެ. އަދި އޭގެ އިތުރުން ހެޕީމާކެޓުން އަންނަނީ ހަނިމާދޫގައި ބާއްވާ ކުޅިވަރު މުބާރާތްތައްވެސް ސްޕޮންސަރ ކުރަމުންނެވެ.