ބީއެމްއެލްއާ ހަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރު ކުރަނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ޙަވާލުކޮށްގެން ހުޅުމާލެ އާއި ވިލިމާލޭގައި ކުރިއަށްގެންދާ 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން، އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ “ޕްރެސަރ ވިތު ދަ ސްޕޮކްސް” ސިލްސިލާގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މުންދު ވިދާޅުވީ ބީއެމްއެލްއާ ޙަވާލުކުރ...