އެމީހެއްގެ ސިޔާސީ ފިކުރަކީ ހަމައެކަނި ހައްގު ކަމަށް ދެކިއްޖެނަމަ އެވަނީ ހައްގުމަގުން އެއްކިބާވެފައި: އިބްރާހީމް ރަޝީދު
އެމީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ފިކުރަކީ ހަމައެކަނި ހައްގު ކަމަށް ދެކިއްޖެނަމަ އެމީހަކު ވަނީ ހައްގުމަގުން އެއްކިބާވެފައިކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ތިމާ ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ފިކުރަކީ އެއީ ހަމައެކަނި...