ހިޔާ މަޝްއުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް ލިބުނު މީހުން، އެ ފްލައިޓްތަކުގެ ފިނިޝިން މަސައްކަތަށް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ހަރަދު ކުރުމުގެ އިހުތުޔާރު ދޭން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، ޕެންޝަން އޮފީހާއި. އެޗްޑީސީ ޓެގްކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެ ޓްވީޓްގައި ޑރ.މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުން ކުރުމުގެ އިހުތިޔާރު ލިބޭނެ ގޮތް ހަދައިދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

މޭޔަރު މުއިއްޒު ގެންދަވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމުތަަކެއް ހަަމަޖައްސައިދޭން އެދިވަޑައިގަންނަވަމުންނެވެ. ޚާއްޞަކޮށް ކޯވިޑްގެ ދަތިކަމުގެ ތެރެއިން އެކި އަސާސީ ބޭނުންތަކަށް ރައްޔިތުން ކުރާ ޚަރަދުތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދޭން ދަނީ އެދި ވަޑައިގަންނަވަމުންނެވެ.

މިގޮތުން ކަރަންޓާއި، ފެން ބިލަށާއި، ބޭންކް ލޯނުތައް ދެއްކުމަށް ލުއި ހޯއްދަވައިދެއްވަން މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވަނީ އެއްމަސް ދުވަހަށް ރާއްޖޭގެ މީހުންއުޅޭ ގޭބިސީތަކަށް ކަރަންޓާއި، ފެން ބިލަށް ލުއި ދެއްވާނެ ކަން ހާމަކުރަށްވާފައެވެ.