ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު ދެމީހަކު ނިޔާވެ، މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 155 އަށް އަރައިފިއެވެ.
ނިޔާވި 155 ވަނަ މީހާއަކީ 61 އަހަރުގެ މީހާއަކީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:14 ގައެވެ.
މިބަލީގައި ނިޔާވި 154 ވަނަ މީހާއަކީ 69 އަހަރުގެ އަންހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅު ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެމީހާ ނިޔާވީ ހެނދުނު 10:53 ގައެވެ.
މިބަލީގައި އިތުރު ދެ މީހުން ނިޔާވުމުން މިއަދު މިބަލީގައި ނިޔާވި މީހުންގެ އަދަދު 4 އަށް އެރީއެވެ. އަދި މިމަހު ނިޔާވި މީހުންގެ އަަދަދު 82އަށް އެރީއެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ.
ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 25،419 ގައި ހުރިއިރު މިހާތަނަށް 60،943 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ. މިބަލި ޖެހުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 270 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!