އިއްޔެގެ ނިޔަަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 71 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ.

މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެ 71 މީހުންގެ ތެރޭގައި ހިމެނެނެނީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 38 މީހަކާއި، ކޮންޓެކްޓް ޓްރޭސީން ސާމްޕަލްތަކުން ޕޮޒިޓިވްވި 25 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 7 މީހެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި އެކަކެވެ.

Ad
rt

އިއްޔެ ކުޅުދުއްފުށީ ސިޓީން އަލަށް 2 މީހަކު ޕޮޒިޓިވްވިއިރު، އެ ސިޓީގެ މިހާރުގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 10 އެވެ. ނޭކުރެންދޫން އިއްޔެ އަލަށް 4 މީހަކު ޕޮޒިޓިވްވިއެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 35 އަށް އަރާފައެވެ.

ހަނިމާދޫން އިއްޔެ އެކަކު ބަލިން ރަނގަޅުވެފައިވާއިރު، އެރަށުގައި ކޯވިޑް ބަލީގެ 8 މީހަކު މިވަގުތު އެބަތިއްބެވެ. މަކުނުދޫގައި ކޯވިޑް ބަލީގެ 10 މީހަކު ތިބިއިރު، ފިނޭގައި 5 މީހަކު އެބަތިއްބެވެ. އަދި ވައިކަރަދޫގައި 3 މީހަކު އެބަތިއްބެވެ.

ނޮޅިވަރަމްގައި ބަލިޖެހިފައި ތިބި 2 މީހުން އިއްޔެ ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެރަށުގައި އިތުރު އެކްޓިވް ކޭހެއް މިވަގުތަކު ނެތެވެ.

މިއަތޮޅުގައި މިވަގުތު ރަށުތެރޭ ބަލި ފެތުރެމުންދާ ކަމަށް ބެލެވިފައިވަނީ ނޭކުރެންދޫގައި އެކަންޏެވެ. އެރަށް އޮތީވެސް މޮނިޓަރިން ހާލަތުގައެވެ.