ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި
އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ. ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާވެސް […]