ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް

Kulhudhuffushi city

ކުޅުދުއްފުށީ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ގުޅުން ހުރި ސާމްޕަލްތަކުގެ ތެރެއިން 10 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ.

އެހެންކަމުން ކުޅުދުއްފުށީ ސިޓީގައި މި ވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނުމާއިއެކު އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމުގައި ދަންނަވަން. ފުލޫ އޯޕީޑީއަށް ވަޑައިގެން ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކުރައްވައިގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވަން." ކޭއާރުއެޗްއިން ވިދާޅުވެފަ ވެއެވެ.

މީގެއިތުން ކޯވިޑް ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދާއެއްގޮތައް އަމަލުތައް ބެހެއްޓުމަށް ކޭއާރުއެޗްއިން ވަނީ އެދިލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި