ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްޞަދުގައި އިސްލާމް ދީނާ ގުޅޭ ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ މީސް މީޑިއާ މެދުވެރިކޮށް، އަވަސް، ފަސޭހަ އަދި ޝައުޤުވެރި ވަސީލަތްތައް ބޭނުންކޮށްގެން، ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ މެސެޖުތަކާއި ނަސޭޙަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން ކުރުން ކަމަށެވެ.
މިގޮތުން އިސްލާމީ ޘަޤާފަތާއި އާދަކާދައިގެ މައްޗަށް ބިނާކޮށް ތައްޔާރުކުރެވޭ ވީޑިއޯ ކްލިޕް ހެދުމުގެ ބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ހުށަހެޅުމަށް ހަމަޖެހިފައިވާ ކްލިޕްތަކުގެ ދާއިރާ ތައްގޮތުގައި 5 ދާއިރާއެއް އެ މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެ ދާއިރާ ތަކަކީ،
- ކީރިތި ރަސޫލާ محمد الرسول الله صل الله عليه وسلم މީސްތަކުންނާ މުޢާމަލާތް ކުރެއްވި ގޮތް،
- ކީރިތި ރަސޫލާ محمد الرسول الله صل الله عليه وسلم ގެ ހޭދަކުރެއްވުން،
- ކީރިތި ރަސޫލާ محمد الرسول الله صل الله عليه وسلم ރަސޫލާ 8 ގެ އިޤްތިޞާދު ކުރެއްވުން،
- ކީރިތި ރަސޫލާ محمد الرسول الله صل الله عليه وسلم ގެ ދީންވެރިކަމާއި، އަޅުވެރިކަން ދުނިޔަވީ ކަންކަމުގައި ތަވާޒުނުކޮށް ކުރެއްވިކަން،
- ކީރިތި ރަސޫލާ محمد الرسول الله صل الله عليه وسلم ރަސޫލާ ގެ ގެ ޢާއިލީ ގުޅުންތައް،
މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން 10 ފަރާތެއް ހޮވައި ފައިސާގެ އިނާމް ދޭނެ އެވެ. އެއްވަނަ އަށް އަންނަ ފަރާތަކަށް 5000 ރުފިޔާ އަދި ދެވަނަ އަށް އަންނަ ފަރާތަކަށް 4000 ރުފިޔާ ދޭނެ އެވެ. މީގެއިތުރުން ތިންވަނަ އަށް 3000 ރުފިޔާ، ހަތަރުވަނަ އިން ފެށިގެން ހަތްވަނަ އަށް 2000 ރުފިޔާ އަދި އަށްވަނަ އިން ފެށިގެން ދިހަވަނަ އަށް 1000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ ވީޑިއޯ ކްލިޕްތައް ހިމެނޭ ސީޑީއާއިއެކު ބައިވެރިވާން އެދޭ ފޯމް މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އިގެ ކުރިން ހުށަހެޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!