ރާއްޖޭހޭ ފޮރިން މިނިސްޓަރު އަދި އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު (ނ.ޢ.ޢ.ވ.) އަރުވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ޝާހިދަށް އެ ޝަރަފް އަރުވާފައިވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޝާހިދަށް މިރޭ އެރުވި ލަގަބު ނިސްބަތް ވަނީ އެމަނިކުފާނުގެ ހަވަނަ ކާފާފުޅަށެވެ.
ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ (ނ.ޢ.ޢ.ވ.) ލަގަބު އެރުވުމުގެ ކުރީން އެމަނިކުފާނުގެ ގައުމީ ހިދުމަތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ރިޕޯޓެއް ވަނީ ގެނެސްދީފައެވެ.
ޝާހިދަކީ ދައުލަތުގެ އިސް ގިނަ މަގާމްތައް ފުރުއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން ޝާހިދު ފުރުއްވަމުން ގެންދަވާ ޝަރަފްވެރި މަޤާމް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ މި ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
މިއީ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރެވެ. އަދި ދިވެއްސަކު ދުނިޔޭގެ މިފެންވަރުގެ މަގާމަކަށް އިންތިޚާބުވި ފުރަތަމަ ފަހެރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!