އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ.

Ad
rt

ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ.

އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ.

އަނެއްކާވެސް ފީވަކުން ކޯވިޑް ކޭސްތަކެއް ފެންނަންފަށައި، އެރަށަށް ނުތަނަވަސްކަން ވެރިވެފައިވާއިރު، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެފަހަރު އެރަށް މޮނިޓަރިންނަށްލާފައި މަހަކަށް ވުރެ ގިނަ ދުވަހު އޮތެވެ.

މިފަހަރު ވެސް ފުރަތަ ޕޮޒިޓިވްވީ ބަލީގެ އަލާމަތް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ފީވަކުން އެކިފަހަރު މަތިން ކޯވިޑް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 154 އެވެ.

ފީވަކާއެކު، މިވަގުތު އަތޮޅުތަކުގެ 16 ރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ.