އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް
އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ރައީސް އޮފީސް ގޭޓް ކުރިމައްޗަށާއި، ހުކުރު މިސްކިތުގެ ތެރެއަށާއި، އަދި އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބައި މީހަކު ކުޑަކަމުދިޔަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. “އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ފުލުހުން މިހާތަަނަށް ބެލި ބެލުމުން އިނގިފައިވޭ” ފުލުހުން ވިދާޅުވިއެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަ...