ޝުއޫރު ފާޅުކުރަން ކުރަންވާނީ ދުއްތުރާނުކޮށް، އެހެން މީހުންނަށް ވެސް ފުރުސަތު ދީގެން: ރައީސް
ޝުއޫރު ފާޅުކުރަން ކުރަންވާނީ އެހެން މީހުންނަށް ވެސް ދުއްތުރާއަކަށް ނުވަގޮތަށް، އެހެން މީހުންނަށް ވެސް ފުރުސަތު ދީގެން ކަމަށް އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޚިޔާލުފާޅު ކުރުމާއި، ޝުއޫރު ފާޅުކުރުމާއި އެއްވެ އުޅުމަކީ މި ސަރުކާރު ވެރިކަމަށް އައިއިރުގައި ބޮޑު ބިރެއްގެ ގޮތުގައި އޮތް ކަމެއް ކަމަށެވެ. އެހެންނަމަވ...