ސަފާރީއެއް ފަރަށް އަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"ރެޑްމޫން" ނަމަކަށްކިޔާ މި ސަފާރީ ފަރަށް އަރައިގެން އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައި ވަނީ ރޭގެ 19:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، ދަނީ ހަރަކާތްތެރިވާން ފަށާފައިވާއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ދަނީ ބަލަމުންނެވެ.
‘’ސަފާރީ ފަރަށް އަރައި، ބީހުމުގެ ސަބަބުން އުޅަނދުގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާތީ ދަނީ ދިޔަވަމުން’’ އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ސަފާރީއަކީ ތ. ދިޔަމިނގިލި ޔާޑަށް ނެގުމަށް އެ ރަށަށް ދަތުރުކުރަމުންދިޔަ ސަފާރީއެކެވެ. އެހެންކަމުން އެ ސަފާރީގައި އެއްވެސް ފަތުރުވެރިއެއް ނެތެވެ.
މި ސަފާރީގައި ފަސް ފަޅުވެރިން ތިބިއިރު އެ އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!