ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލް ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ކޭއާރުއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލްގެ އައު އޯޕީޑީގެ ޚިދުމަތްފެށުމާއެކު އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ބައްލަވާ ގަޑި އާއި މެމޯ ހައްދާ ގަޑިއަށް ވަނީ ބަދަލު ގެނައުމަށް ހަމަޖެހިފއެވެ. އަދި ބޭސް އެޅުމާއި ލެބޯޓަރީ ސާމްޕަލް ނެގުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 19:00 އަށް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި ބަދަލާއެކު 24 ޖެނުއަރީ 2023 އިން ފެށިގެން ޑޮކްޓަރަށް ދެއްކުމަށް ކިޔޫ ނަންބަރު ދޫކުރުމާއި އޯޕީޑީ ގަޑިތައް ކުރިއަށް ގެންދަން ކޭއާރުއެޗުން ހަމަޖައްސާފައިވާގޮތް

މި ބަދަލާއެކު ކޭއާރުއެޗުގައި ޚާއްޞަ އޯޕީޑީ ކުރިއަށް ދާނީ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. އަދި ޢާންމު ބަލިތަކުގެ އޯޕީޑީ ކުރިއަށް ދާނީ ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށެވެ.
މީގެ އިތުރުން އައު އޯޕީޑީގެ ޚިދުމަތްފެށުމުގެ ތައްޔާރީތަކަށް އެ ހޮސްޕިޓަލްގެ ބައެއް ހިދުމަތްތައް މި ޖެނުއަރީ މަހުގެ 23 ވާ ހޯމަ ދުވަހު ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ކުރިން ވިދާޅުވެފައެވެ. ކޭއާރުއެޗުގެ 24 ރޫމުގެ އައު އޯޕީޑީ ބްލޮކްގެ ހިދުމަތް ފެށުމަށް އަންނަ ހޯމަ ދުވަހު ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ ހާއްސަ ބަލިތަކާއި ބެހޭ ޑޮކްޓަރުންގެ އޯޕީޑީ އާއި ލެބޯޓްރީ ހިދުމަތެވެ. އެހެންނަމަވެސް އެމާޖެންސީގައި ފޯރުކޮށްދޭންޖެހޭ ފަރުވާއާއި ދަތުގެ ފަރުވާއާއި އާންމުބަލިތަކާއި ބެހޭ ޑޮކްޓަރުގެ ހިދުމަތް ކުރިއެކޭ ވެސް އެއްގޮތަށް އެދުވަހު ވެސް ކުރިއަށްދާނެއެވެ.
އާރުއެޗުގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި، އެ ހޮސްޕިޓަލާއި ހަވާލުކޮށްފައިވަނީ މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!