މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,451 Stories
2,929 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފުރަތަމަ ބުރުގައި އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް: ޝަރީފް
Raajje

ފުރަތަމަ ބުރުގައި އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް: ޝަރީފް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ޚިޔާލުފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙް އިއްތިހާދެއް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި އެހެން ސިޔާސީ ޕާޓީތަކުގެ ހުރި ބުރަދަން ވަޒަންކޮށްލެވޭނީ އޭރުން ކަމަށް...

ޕްރައިމަރީއަށްފަހު ސިއްޕެގެ މާނަފުން ޓްވީޓެއް
Raajje

ޕްރައިމަރީއަށްފަހު ސިއްޕެގެ މާނަފުން ޓްވީޓެއް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް (ސިއްޕެ) މާނަފުން ޓްވީޓެއް މިރޭ ކުރަށްވައިފިއެވެ. ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ އަކީ އެ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި، ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. ސިއްޕެ މިރޭ ކުރެއްވި ޓްވީޓްގައި ދޫކޮށްލައްވ...

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެ: ފޭދޫ ރައީސް
Thiladhunmathi News

ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވާނެ: ފޭދޫ ރައީސް

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުވާނެ ކަމަށް ށ. ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ރައިޝަމް ވިދާޅުވެއްޖެއެވެ. ރައިޝަމް އަކީ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެ ޕްރައިމަރީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާފައިވާއިރު، ރައީސް ޞާލިޙަށް މަރުޙަބާ ދަންނަވަމުން ރައިޝަމް  ވިދާޅުވީ މިއަހަރު އޮންނަ ރި...

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ
Raajje

ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ

މާލެއިން ގެއްލިގެން މިއަދު ހޯދި އަންހެންކުއްޖާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުން ދިޔައީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް މިއަދު 3:37 ހާއިރު އެދިލައްވާފައެވެ. މިރޭ 18:17 ހާއިރު ފުލުހުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ހާމަކުރަށްވާފައެވެ. ގެއްލިގެން ހޯދަމުންދިޔަ ޒީކް ބިންތި...

ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދު
Raajje

ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދު

މި އަހަރުގެ ފެބުރުވަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ފެބްރުއަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދުކަމަށް ކަނޑައަޅުއްވާފައި ވަނީ އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ. ކޮންމެ އަހަރެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ އެ އަހަރެއްގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވާ ދުވަހުއެވެ. އަދި އެދ...

މާލެއިން އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ
Raajje

މާލެއިން އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެންކުއްޖަކު ގެއްލިގެން ހޯދަންފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. ‘’2023 ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރު.’’ ފުލުހ...

އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް
Raajje

އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ. އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް...

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި
Raajje

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯ...

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އެންމެ ތަފާތުބޮޑު ނަތީޖާއެއް މިލަދުންމަޑުލު އުތުރުން
Thiladhunmathi News

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: އެންމެ ތަފާތުބޮޑު ނަތީޖާއެއް މިލަދުންމަޑުލު އުތުރުން

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި މިހާތަނަށް ސާފުވި ނަތީޖައަށް ބަލާއިރު އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުމެފައި ވަނީ މިލަދުންމަޑުލު އުތުރުބުރި (ށ. އަތޮޅު) އިން ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން މިލަދުންމަޑުލު އުތުރުބުރިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވަނީ ވޯޓުލީ މީހުންގެ 80 އިންސައްތަ ވޯޓު ލިބިވަޑައިގެންފައ...

އެމްޑީޕީގެ ބޮޑު ނިންމުން ރައީސް ޞާލިޙް ކޮޅަށް
Thiladhunmathi News

އެމްޑީޕީގެ ބޮޑު ނިންމުން ރައީސް ޞާލިޙް ކޮޅަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރަށްވާނެކަމަށް މިހާތަނަށް އާންމުކުރި ނަތީޖާތަކުން ދައްކައިފިއެވެ. މިއަދުގެ ވޯޓުގެ ނަތީޖާ އެމްޑީޕީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުން އަންނައިރު، މިހާތަނަށް ސާފުވި ނަތީޖާ ދައްކާގޮތުން ރައީސް ޞާލީހަށް ވަނީ 63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. އެއީ 16462 ވޯޓެވެ. މިހާތަނަށް ނަސީދަށް ލިބިވަޑައިގަތީ 37 އިންސައްތަ ވ...

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް
Thiladhunmathi News

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ނޮޅިވަރަފަރުން 100 އިންސައްތަ ވޯޓު ޞާލިޙަށް

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ހދ. ނޮޅިވަރަންފަރުގެ 100 އިންސައްތަ ވޯޓު ރައީސް ޞާލިޙަށް ލިބިވަޑައިގެންފިއެވެ. އެމްޑީޕީން މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ނޮޅިވަރަންފަރުން ވޯޓުލީ 40 މީހުން ވެސް ވޯޓު ލާފައި ވަނީ ރައީސް ޞާލިޙަށެވެ. އެ ދާއިރާގައި ހިމެނޭ ނޮޅިވަރަމްގެ ނަތީޖާއަށް ބަލާއިރު އެރަށުން ވެސް ކުރި ހޯއްދެވީ ރައީސް ޞާލިޙެވެ. އެރަށުން ޞާލިޙަށް 108 ވޯޓު ލިބިވަޑައިގެންނެވިއިރު، ނަޝީދަށް ލިބިވަޑައިގަތީ 108 ވޯޓެވެ. މުޅި...

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު
Thiladhunmathi News

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ކުޅުދުއްފުށިން ކުރި ހޯއްދެވީ ނަޝީދު

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ. ”ތިލަދުން” އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކުޅުދުއްފުށީ އުތުރާއި، ދެކުނު ދާއިރާގައިއިން ނަޝީދު ކުރި ހޯއްދަވާފައި ވަނީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދެ ދާއިރާއިން  މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ،...

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް
Raajje

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް

މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ. ” ބޮޑީ ކ...

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން
Raajje

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ. ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކ...

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި
Raajje

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެދެއްވައި، އެއީ ”ލައްކަވާހަކަ” ކަމަށް ވިދާޅުވެއްޖެއެވެ. މައުސޫމް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ، 3 ރައީސުންގެ ވެރިކަމުގައި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީ ކުރެވުނީ 521 ގެސްޓު ހައުސް ކަމަށެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަ...