މާލެއިން އަންހެންކުއްޖަކު ގެއްލިގެން ހޯދަންފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
‘’2023 ޖެނުއަރީ 25 ވަނަ ދުވަހު 17:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަގޮތަށް ގެއަށް އެނބުރި އައިސްފައި ނުވާތީ، ގެއްލިފައިވާކަމަށް އެކުއްޖާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ 18:17 އެހައިކަންހާއިރު.’’ ފުލުހުން ވިދާޅުވިއެވެ.
ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ދިރިއުޅެމުންދަނީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައި ކަމާއި، އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!