މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާއިން ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރި ހޯއްދަވައިފިއެވެ.

''ތިލަދުން'' އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ކުޅުދުއްފުށީ އުތުރާއި، ދެކުނު ދާއިރާގައިއިން ނަޝީދު ކުރި ހޯއްދަވާފައި ވަނީ 53 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދެ ދާއިރާއިން މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 47 ވޯޓެކެވެ.

Ad
rt

މި އިންތިޚާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ނަތީޖާއަށް ބަލާއިރު، ރައީސް ނަޝީދަށް 150 ވޯޓު ލިބިވަޑައިގެންފައިވާއިރު، ރައީސް ޞާލިޙަށް 102 ވޯޓު ލިބިވަޑައިގެންފަވެއެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާއިން ރައީސް ޞާލިޙް ކުރި ހޯއްދަވާފައިވާއިރު، އެ ދާއިރާއިން ރައީސް ޞާލިޙަށް 117 ވޯޓު ލިބިވަޑައިގެންއިރު، ރައީސް ނަޝީދަށް ލިބިވަޑައިގަތީ 95 ވޯޓެވެ.

ނަމަވެސް އެމްޑީޕީން އަދި ރަސްމީކޮށް މި ދެ ދާއިރާގެ ވަގުތީ ނަތީޖާ އެ ޕާޓީގެ ވެބްސައިޓަށް އަޕްޑޭޓެއް ނުކުރެއެވެ.

މި އިންތިޚާބުގައި މިހާތަނަށް ސާފުވި ނަތީޖާ ކަމަށް އެމްޑީޕީން އާންމުކޮށްފައިވާ ނަތީޖާ އަށް ބަލާއިރު 63 އިންސައްތަ ވޯޓާއެކު ރައީސް ޞާލިޙް އުޅުއްވަނީ ކުރީގައެވެ.

ކުޅުދުއްށީ ސިޓީން ރައީސް ނަސީދު ޕްރައިމަރީ ވޯޓުން ކުރި ހޯއްދެވިއިރު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް އާއި އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް މި އިންތިޚާބުގައި ތާއީދު ކުރަށްވާފައި ވަނީ ރައީސް ނަޝީދަށެވެ.