މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ.
ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ.
'' ބޮޑީ ކެމެރާ ހަރުކޮށްގެން ވޯޓު އެޅުމުގެ ސަބަބުން ގައްދޫގައި ވޯޓު ލުން ހުއްޓިއްޖެ'' އޭނާ ވިދާޅުވެފަވެއެވެ.
Body camera harukohgen vote elhumuge sababun Gadhdhoo vote lun huttijje.@MDPSecretariat pic.twitter.com/y2jbFgZQaW
— Ahmed Zahir (@ahmedzahirjr) January 28, 2023
މި އިންތިޚާބާގުޅޭ ޝަކުވާތައް ހުށަހެޅުމަށް އެމްޑީޕީން ކަނޑައަޅާފައިވާ ހޮޓްލައިން ނަންބަރަކީ 7355545 އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުން ފެށީ މިއަދު ހެނދުނު 9 ޖެހިއިރު އެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.
ވޯޓްއިން ބަލިވާތީ ނުކުމެ ގްރޫޕް ފޮނުވައިގެން ގައްދޫގަ ހުރި ވޯޓް ކަރުދާސްްތައް ހަލާކުކޮއްލައިފި. މިކަންތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. @MDPSecretariat މިކަން ބަލައި އަވަސް ހައްލެއް ހޯދުންއެދެން. @faya_i @Mnashiz @ibreys pic.twitter.com/4pijc5gHAJ
— ashjau shahyd ( bodegey ) (@ashjau) January 28, 2023
އެމްޑީޕީން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ.
އެ ޕާޓީން ޢާންމުކޮށްފައިވާ މި ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މެންބަރުންގެ ވޯޓާސް ލިސްޓުގައި ވާގޮތުން 57،257 މެންބަރުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި ޕްރައިމަރީގައި ވާދަކުރަނީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!