މާލެއިން ގެއްލިގެން މިއަދު ހޯދި އަންހެންކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ތ. ދިޔަމިގިލި، އާޤިސާމަންޒިލް، އުމުރުން 15 އަހަރުގެ ޒީކް ބިންތި މުޙައްމަދު ރިޔާޒެވެ.

Ad
rt

އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަން ހާމަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް މިއަދު 3:37 ހާއިރު އެދިލައްވާފައެވެ.

މިރޭ 18:17 ހާއިރު ފުލުހުން ވަނީ އެ ކުއްޖާ ފެނިފައިވާކަން ހާމަކުރަށްވާފައެވެ.

ގެއްލިގެން ހޯދަމުންދިޔަ ޒީކް ބިންތި މުޙައްމަދު ރިޔާޒު މިހާރު ވަނީ ފެނިފައި، މި މަޢުލޫމާތު ޝެއާކޮށްދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންވަން'' ފުލުހުން ވިދާޅުވެފައެވެ.