ނާކާމިޔާބީވުމަކީ އިރުއިރުކޮޅާ ހުރި ގޮތް ބަދަލު ކުރަންޖެހޭ ކަމެއްނޫން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މެދުވެރިކޮށް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވަނީ، ސިޔާސީ މައިދާނުގައި ހެޔޮ ނަތީޖާ ނެރެވޭނީ، ދިގު މުއްދަތަކަށް އެއްގޮތަކަށް ދެމިހުރެގެން ކަމަށެވެ. އެކަން ސާފުކޮށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

''ސިޔާސީ މަސައްކަތުގައި އިޚްލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮނަތީޖާ ނުނެރެވޭކަން ވަރަށް ސާފުކޮށް ދަނީ ފެންނަމުން''، އިމްރާން ވިދާޅުވެފަވެއެވެ.

އިމްރާން ވިދާޅުވެފައި ވަނީ ނާކާބުވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ.

މިމޭރުމުން އިމްރާން ވިދާޅުވެފައިވަނީ ސީދާ ކޮންކަމަކާއި ގުޅުވައިގެން ކަމެއް ސާފެއްނުވެއެވެ.

އިމްރާން ރައީސްކަން ކުރަށްވާ އަދާލަތަކީ މިހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގެ ބައިވެރިއެކެވެ. އަދި އެ ޕާޓީ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް، އެމްޑީޕީއާއެކު އިއްތިހާދުވުމަށް ނިންމާފައެވެ.