ހއ. އިހަވަންދޫގައި އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދަރުހަކީ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ.

Ad
rt

މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިހަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ދަރުސްގެ މަޢުލޫއަކީ ''ރަމަޟާން މަހަށް ތައްޔާރުވަމާ'' އެވެ.

މި ދަރުސް ދެއްވާފައި ވަނީ ޑރ. އަނާރާ ނަޢީމް އާއި އައްސައިޚާ ހައްވާ ލަޠީފް އެވެ.

މީގެ އިތުރުން އެ ދުވަހު ހެނދުނު ވަނީ އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ނަފްސާނީގޮތުން ކައުންސެލިން ދިނުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައެވެ. މި ޕްރޮގްރާމްގައި ކައުންސެލިން ދެއްވާފައި ވަނީ ޑރ. އަނާރާއެވެ.

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ދެ ހަރަކާތަށް ވެސް އެރަށުގެ އަންހެން ބޭފުޅުންގެ ފަރާތުން ވަނީ ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.