ފަންނުވެރިންގެ ހުނަރު ދެކިލަން ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ދައުވަތުދީފި
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ފެސްޓިވަލްގައި ބައިވެރިވާ ފަންނުވެރިންގެ ހުނަރު ދެކިލަން ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ދައުވަތު ދެއްވައިފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ” ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023” ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފެސްޓިވަލަކީ ކުޅ...