މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ލޯންޗެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗެއް ފ. ފީއަލި އާާއި 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމުން އެ ސަރަހައްދާ ކައިރީގައި އޮންނަ ފ. ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި، ފ. ފީއަލިން ދޯންޏަކާއި ލޯންޗެއް ފުރާފައިވާކަމަށެވެ. އޭގެ އިތުރުން ކޯސްޓް ގާޑުގެ ހާބާ ކްރާފްޓެއް ވެސް އެ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވާގޮތުގައި މިހާރު އެ ލޯންޗާ މުއާސަލާތެއް ނުކުރެވެއެވެ. އަދި ލޯންޗު އޮތް ތަނެއް ސީދާ ނޭނގޭ ކަމަށް ވެސް ވިދާޅުވެއެވެ.