ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ފެސްޓިވަލްގައި ބައިވެރިވާ ފަންނުވެރިންގެ ހުނަރު ދެކިލަން ‏ވީހާވެސް ގިނަ ބަޔަކު ދިޔުމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ދައުވަތު ދެއްވައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އާޓް ފެސްޓިވަލް '' ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023'' ރަސްމީކޮށް ރޭ ހުޅުއްވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.

Ad
rt

މާލޭގެ ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފެސްޓިވަލަކީ ކުޅިވަރާބެހޭ ވުޒާރާއާއި، ދިވެހިރާއްޖޭގެ ފަންނުވެރިންގެ ޖަމާއަތް ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލާއި ގުޅޭގޮތުން ވަޒީރު މަހްލޫފް ވިދާޅުވެފައިވާގޮތުގައި މި ސްޓިވަލްގައި ރާއްޖެ ހިމެނޭގޮތަށް 8 ޤައުމަކުން ވަނީ ބައިވެފައެވެ.

''‏ވީހާވެސް ގިނަ ބޭފުޅުން މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ސޯޝަލް ސެންޓަރަށް ވަޑައިގެން ފަންނުވެރިންގެ ހުނަރު ބައްލަވާލައްވަން ދައުވަތު އަރުވަން'' މަހްލޫފް ވިދާޅުވެފަވެއެވެ.

ދިވެހިރާއްޖޭގެ ފަންނުވެރިންގެ ޖަމާއަތުން ބުނެފައިވާގޮތުގައި މި ފެސްޓިވަލުގައި ރާއްޖޭގެ 80 ފަންނުވެރިން ބައިވެރިވެއެވެ. އަދި ބައިނަލްއަގްވާމީ 11 ފަންނުވެރިން ބައިވެރިވެއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މި ފެސްޓިވަލް ރޭން ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ފެސްޓިވަލު ހުޅުވިފައި ހުންނާނީ މި ދުވަސްތަކުގައި މެންދުރު 13:00 އިން 23:00 އަށެވެ.