މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރަނިކޮށް ރާޅެއް އަރައި، މުވާސަލާތީ ގުޅުން ކެނޑުނު ލޯންޗް ފެނިއްޖެއެވެ.

މާލެއިން ފުރައިގެން ދ. މީދޫ އަށް ދަތުރުކުރި ވިޝަން އެކްސްޕްރެސް ލޯންޗެއް ފ. ފީއަލި އާާއި 7 ނޯޓިކަލް މޭލު ބޭރުން ރާޅެއް އަރައިގެން ދިޔަވާތީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ އިދާރާއިން ވިދާޅުވީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ.

Ad
rt

އެ ލޯންޗާއި މުވާސަލާތީ ގުޅުން ކެނޑިފައިވާތީ ލޯންޗް އޮތް ހިސާބެއް ދެނެގަނެވިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.

މި ހާދިސާގެ އަދާހަމަ ހާމަކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވިގޮތުގައި، އެ ލޯންޗް މިހާރު މަގޫދޫ ކައިރިން އަތޮޅަށް ވަންނަން ދަތުރު ކުރަމުންދާ ކަމަށެވެ.

’’ލޯންޗް މިހާރު ދ. މީދޫއަށް ދަތުރު ކުރަމުން ދަނީ، ކޯސްޓް ގާޑު ވެސް ލޯންޗު ކައިރީގައި އެބައޮތް’’ އެމްއެންޑީއެފުން ވިދާޅުވެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 30 މީހުން އެބަތިއްބެވެ.

އެ ލޯންޗްގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.