މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރޭ ބުނެފައިވާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމީ ސަމާލުތައް މިއަދު ވަނީ ނެރެފައެވެ.
މިގޮތުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް މިވަގުތު އޮތީ ރީނދޫ ސަމާލު ނެރެފައެވެ.
މީގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުތަކަށް އޮތީ ހުދު ސަމާލު ނެރެފައެވެ.
ފަހުން މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ދޫ ސަމާލު ނެރެފައެވެ. އެ ސަމާލުގެ ވަގުތު ހަމަވާނީ މެންދުރުފަހު 15:30 އަށެވެ.
ސަމާލުގެ ވަގުތުގައި ވިލާގަނޑުގައި 50 މޭލަށް، އަދި އާންމު ގޮތެއްގައި 25 މޭލާއި 30 މޭލަށް ވައި ޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!