ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ހިނގި ހާދިސާއެއްގައި އެ އުޅަނދުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 31 ޖުލައި 2026 ވަނަ ދުވަހުގެ ހެނދުނު 08:48 އެހައިކަންހާއިރުއެވެ.
އުޅަނދު ދިޔަވެ އަޑިއަށްދާން ފެށީ ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގި ވަގުތު އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ފެނިފައިވީ ނަމަވެސް، ބާކީ ތިބި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނިގޮތުގައި އެ ލޭންޑިންގ ކްރާފްޓުގައި ޖުމްލަ 10 މީހުންގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ. ބާކީ އަށް މީހުންނަކީ ވެސް ބިދޭސީންނެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީންނެވެ.
މި ހާދިސާ ހިނގައިންގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!