މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,966 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރިޔާސީ އިންތިޚާބު 2023: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
Raajje

ރިޔާސީ އިންތިޚާބު 2023: ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި އީސީން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެ ފުރުސަތު ވަނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 5 އޮގަސްޓު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށައަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް […]

ރައްޔިތުންނާ ގާތުން ނާޒިމް، ނާޒިމް އާއި ސުވާލު ކުރުމުގެ ފުރުސަތު
Raajje

ރައްޔިތުންނާ ގާތުން ނާޒިމް، ނާޒިމް އާއި ސުވާލު ކުރުމުގެ ފުރުސަތު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަށް ސުވާލުކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށަން އެމްއެންޕީން ތައްޔާރުވެއްޖެއެވެ. ”ނާޒިމަށް ސުވާލެއް” ނަމުގައި ފަށާ މި ޕްރޮގްރާމަކީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމްގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި، އޭނާގެ މެނިފެސްޓޯއާއި އަދި އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަމާގުޅޭ ގޮތުން ސުވާލުކޮށް އޮޅުން ފިލުވުމުގެ ފުރުސ...

ކޮމަންޑޫ ޖެޓީގައި ޖެހި ތޮޔޮ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ
Raajje

ކޮމަންޑޫ ޖެޓީގައި ޖެހި ތޮޔޮ ބޯޓެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ

ށ. ކޮމަންޑޫ ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، ތެޔޮ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް އެރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ތެޔޮ ޕޯޓެއް ޖެހި އެ ބޯޓު އަޑިއަށް ދާތީ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ބޯޓަކީ އެރަށަށް ތެޔޮ ހިފައިގެން ގޮސްފައި އޮތް އެފްއެސްއެމްގެ ތެޔޮ ބޯޓެކެވެ. މި ހާދިސާގައި އެ ބޯޓު ވަނީ ފަޅައިގެން ގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ […]

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދީފި
Raajje

"ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދީފި

‏ރަޖިސްޓަރީ ކުރުމަށް ހުށައަޅާފައިވާ ސިޔާސީ ޕާޓީ، “ދަ ޑިމޮކްރެޓްސް” ރަޖިސްޓްރީކޮށް، ޕާޓީއަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި ހިމަނައިފިއެވެ. އީސީން މިއަދު ވިދާޅުވީ، ‘’ދަ ޑިމޮކްރެޓްސް” ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ، “ދަ ޑިމޮކްރެޓްސް” ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި، އެ ޕާޓީގެ ރަޖިސްޓަރީ މިއަދު ހަވާލުކޮށްފަވާކަމަށެވެ. ދިވެހި ރައްޔިތުން...

އަދީބު ބޭހަށް ބޭރަށް ފުރައިފި
Raajje

އަދީބު ބޭހަށް ބޭރަށް ފުރައިފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލް ޣަފޫރު ބޭސް ފަރުވާއަށް މިރޭ ސިންގަޕޫރަށް ފުރައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް މިއަދު ވިދާޅުވީ، މަނީ ލޯންޑްރިންގެ ކުށުގައި ހުކުމް ތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސާވިސްއިން ދީފައިވާ ކަމަށެވެ. ކަރެކްޝަނަލް އޭނާއަށް ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށް ބޭސްފަރުވާއަށް ރާއްޖޭން […]

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި
Thiladhunmathi News

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ‘’ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023’’ އިއްޔެ ފަށައިފިއެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ މި ފިއެސްޓާ ހުޅުވި މެޗު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ސިޔާންޓޭ) އެވެ. މި ފިއެސްޓާ ހުޅުވި މެޗުގައި ބްލެކް ކޯނަރ އާއި ފިއުރިއަސް އެވެ. މި މެޗް ބްލެކް ކޯނަރ ކާމިޔާބު ކުރީ 2-0 އިންނެވެ. މި ދެ ގޯލު ވެސް ޖަހާފައި ވަނީ ބްލެކް […]

އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދޭނަން: ނާޒިމް
Thiladhunmathi News

އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދޭނަން: ނާޒިމް

ހއ. އިހަވަންދޫ ސްކޫލް ކޮލެޖަކަށް ބަދަލުކޮށް ޔުނިވާސިޓީއެއްގެ ފެންވަރުގައި ކިޔަވައިދެއްވާނެ ކަމުގެ ވައުދާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ގިނަ ވައުދުތަކެއް އެރަށަށް ވެވަޑައިގެންފިއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހާރު ގެންދަވަނީ ކެމްޕޭނަށް ބޮޑު ތިލަދުން މައްޗަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން އިއްޔެ ނާޒިމް ވަނީ ހއ.ގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާފައެވެ. މިގޮތުން އުތީމު، ތަކަނ...

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި
Raajje

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މިއަދު ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވަނީ ދީފައެވެ. ނަމަވެސް އެ އިދާރާއިން އަދި މިކަމާގުޅޭ ރަސްމީ ބަހެއް ހާމައެއް ނުކުރައްވައެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދިންއިރު އޭނާ އަށް ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ވެސް […]

''މީހަކު ރުޅި އަޔަސް ރައީސް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ''
Raajje

''މީހަކު ރުޅި އަޔަސް ރައީސް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ''

ރުޅި އަންނަ މީހަކު މީހަކު ރުޅި އަޔަސް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ގިނަ ބަޔަކު ކުރާ ހެޔޮ ދުއާތަކުގެ ބަރަކާތާއެކުގައި ކަމަށް  ހޯމް މިނިސްޓަރު، އަދާލާތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އަދާލަތު ޕާޓީ އަކީ ރައީސް ޞާލިޙް މިހާރު ރައީސްކަން ކުރައްވަމުން ގެންދަވާ ރިޔާސީ ދައުރުގައި މި ސަރުކާރު ހިންގާ އިއްތިހާދުގެ އެއް ބައިވެރިޔާއެވެ. އަދި އެ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް […]

ސަޓާ 2023 ގެ ޕާޓްނަރުން އިއުލާންކޮށްފި
Business

ސަޓާ 2023 ގެ ޕާޓްނަރުން އިއުލާންކޮށްފި

ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާންކޮށްފިއެވެ. ސަޓާ 2023 ގެ ޕާޓްނަރުން ރައީސްމީކޮށް އިއުލާން ކޮށްފައިވަނީ، މިއަދު މާލޭގެ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަޓާ 2023 ގެ ޕާޓްނަރުން ހަމަޖައްސާފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަ...

''ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ވާދަވެރިން ބަލިކޮށްލާނަން''
Raajje

''ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ވާދަވެރިން ބަލިކޮށްލާނަން''

ބޮޑު ތިލަދުންމަތީގެ 40 ރަށާއި އެއް ސިޓީން، ބޮޑުތަނުން ރިޔާސީ އިންތިޚާބުގައި ވާދަވެރިން ބަލިކޮށްލައްވާނެކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރިޔާސީ ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައި، މިހާރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ރޭ ވަނީ ށ. ފޯކައިދޫގައި ލޯންޗް ކޮށްފައެވެ. ރައީސް ޞާލިޙްގެ ކެމްޕޭން ލޯންޗް ކުރި ޖަލްސާގައި ވާހަކަ ދައްކަވަމުން...

އެމްޑީޕީން ބޭނުންވިގޮތައް ކޮމިޓީތައް އެކުލަވާލަން ފާސްކޮށްފި
Parliament

އެމްޑީޕީން ބޭނުންވިގޮތައް ކޮމިޓީތައް އެކުލަވާލަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާފައިވާ ގޮތް ބަދަލު ކުރަން މިއަދު ފާސްކޮށްފިއެވެ. މިގޮތައް ފާސްކުރީ މަޖިލީހުގައި މެންބަރުން ޕާޓީތައް ތަމްސީލް ކުރަމުން އައިގޮތަށް ބޮޑު ބަދަލުތަކެއް އައިސްފައިވާތީ، ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ދިވެހި ރައްޔިތުންގެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމަންޓަރީ ގްރޫޕުން ހުށަހެޅުމުންނެވެ. މަޖިލީހުގައި މެންބަރުން ތަމްސީލްކުރަމުން އައިގޮތައް ބޮޑު ބަދަލެއް އައިސްފައިވާއިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން 13 މެންބަރަކު...

ހެޑް އޮފީހަށް އައުމަށް އަންގާ މެސެޖެއް ނުކުރަން: އާބަންކޯ
Business

ހެޑް އޮފީހަށް އައުމަށް އަންގާ މެސެޖެއް ނުކުރަން: އާބަންކޯ

އާބަންކޯގެ ނަމުގައި އަނެއްކާ ވެސް އޮޅުވާލުމުގެ ހަރަކާތެއް ހިންގާތީ ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ. ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއެކު އާބަންކޯގެ ހެޑް އޮފީހަށް އައުމަށް އެދި އާބަންކޯގެ ނަމުގައި ބަޔަކު ދަނީ މެސެޖުތަކެއް ދައުރު ކުރަމުންނެވެ. އެ މެސެޖުތަކާއި ގުޅިގެން އެ ކުންފުނިން މިއަދު ބުނީ، އެ ކުންފުނީގެ ފަރާތުން ހެޑް އޮފީހަށް ހާޒިރުވުމަށް އަންގާ މެސެޖެއް ނުކުރާނެ ކަމަށެވެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެމަށެވެ. ’’މިފަދަ […]

މަކުނުދޫ ރައްޔިތުންގެ އެކަނިވެރިކަން ފިލުވާލަދޭނީ އަޅުގަނޑު: ނާޒިމް
Raajje

މަކުނުދޫ ރައްޔިތުންގެ އެކަނިވެރިކަން ފިލުވާލަދޭނީ އަޅުގަނޑު: ނާޒިމް

ހދ. މަކުނުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދީ، އެ ރަށްޔިތުންގެ އެކަނިވެރިކަން ފިލުވާލަދެއްވާނީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ މަކުނުދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވުމަށްފަހު ދެއްކި ވާހަކާގައެވެ. ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު މިހާތަނަށް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަ...

ކޮމަންޑޫ ރައްޔިތުން އެދުނު ގޮތަށް ކުޑަފަރުގައި އެއާޕޯޓް އަޅައިދޭނަން: ރައީސް
Raajje

ކޮމަންޑޫ ރައްޔިތުން އެދުނު ގޮތަށް ކުޑަފަރުގައި އެއާޕޯޓް އަޅައިދޭނަން: ރައީސް

ށ. ކޮމަންޑޫ ރައްޔިތުން އެދިފައިވާ ގޮތަށް އެރަށް ކައިރީ އޮންނަ ކުޑަފަރުގައި އެއާޕޯޓެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުގައި އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ކޮމަންޑޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން...