މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,964 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސް ކެމްޕޭން ފައްޓަވަން ށ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކޮމަންޑޫ
Thiladhunmathi News

ރައީސް ކެމްޕޭން ފައްޓަވަން ށ. އަތޮޅަށް، ފުރަތަމަ މަންޒިލަކީ ކޮމަންޑޫ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ރިޔާސީ ކެމްޕޭން ފެއްޓެވުމަށް މިއަދު ށ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ރައީސް ކެމްޕޭނަށް ފުރަތަމަ ވަޑައިގަތީ ށ. ކޮމަންޑޫ އަށެވެ. ރައީސް މިއަދު އެރަށަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު އެ އ...

"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023" ފަށައިފި
Raajje

"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023" ފަށައިފި

“އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023” މިއަދު ރާއްޖޭގައި ފަށައިފިއެވެ. މާލެއަތޮޅު ތުލުސްދޫގައި ކުރިއަށްދާ މި މުބަރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި މުބާރާތަކީ އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. ޖުލައި 8 އިން 17 އަށް ކުރިއަށް ގެންދާ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަން...

ނާޒިމް މިއަދު ހދ. ގެ ތިން ރަށަކަށް، ޖަލްސާ މިރޭ މަކުނުދޫގައި
Raajje

ނާޒިމް މިއަދު ހދ. ގެ ތިން ރަށަކަށް، ޖަލްސާ މިރޭ މަކުނުދޫގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހދ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ. ނާޒިމްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައެވެ. އެއަށްފަހު މިއަދު ހދ. އަތޮޅުގެ ތިން ރަށަކަށް ނާޒިމް ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެއެވެ. ނާޒިމް މިއަދު ވަޑައިގަންނަވާ ރަށްތަކަކީ ނެއްލައިދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މަކުނުދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް އޮންނާނެ ކަމަށް އެ […...

ހުޅުމާލޭގައި އެޅި "ވަން ސެންޓްރަލް ޕާކް" އެޕާޓްމެންޓްތައް ހަވާލުކޮށްފި
Business

ހުޅުމާލޭގައި އެޅި "ވަން ސެންޓްރަލް ޕާކް" އެޕާޓްމެންޓްތައް ހަވާލުކޮށްފި

ހުޅުމާލޭގައި އަޅާފައިވާ “ވަން ސެންޓްރަލް ޕާކް” މަޝްރޫއު ދެ އަހަރުތެރޭ ނިންމާ އެޕާޓްމެންޓްތައް ގަތް ފަރާތްތަކާއި އިއްޔެ ހަވާލުކޮށްފިއެވެ. މި އެޕާޓްމަންޓްތައް ގަތް ފަރާތްތަކާއި ހަވާލުކުރުމަށް ހުޅުމާލޭ ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެޕާޓްމަންޓްތައް ތަރައްގީކުރި ކުންފުނީގެ ފަރާތުން މިސްޓަރ ނީރ...

އެމްއެންޕީގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި
Raajje

އެމްއެންޕީގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މި ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންގެންނެވުމަށް ނާޒިމް މިހާރު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ކުޅުދުއްފުށީގެ އެމްއެންޕީގެ ސަޕޯޓަރުން ވަނީ ނާޒިމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެމްއެންޕީގެ މިރޭގެ ޖަލްސާގައި އެ ޕާޓީގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ތަރ...

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
Raajje

ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ހައްޖުގެ އަޅުކަމަށްފަހު މިއަދު ރާއްޖެ އަންނަން ފަށައިފިއެވެ. 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ. ދިވެހި ހައްޖުވެރިން މިއަދު ރާޖެ އަންނަން ފެށިއިރު މިގޮތުން މިއަދު ވަނީ ދެ ފްލައިޓެއްގައި ހައްޖުވެރިން ރާއްޖެ އައިސްފައެވެ. މިއަދު ރާއްޖެ އައިސްފައި ވަނީ ޙައްޖު ކޯރޕަރޭޝަނާއި، އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ މީހުންނެވެ. […]

މާލެއިން ފުރައިގެން ދަތުރު ކުރި ދޯންޏެއް އަޑިއަށް ގޮސްފި
Raajje

މާލެއިން ފުރައިގެން ދަތުރު ކުރި ދޯންޏެއް އަޑިއަށް ގޮސްފި

މާލެއިން ފުރައިގެން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން މަހިބަދޫގައި ތިއްބަވާ ޕޮލިހުން އެ ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި 8 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ‘’ރިކާޑޯ’’ ނަމަކަށް މި ދޯނި އަޑިއަށް […]

ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެ
Raajje

ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެ

ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ރ. އަތޮޅު އުނގޫފާރުން މާލެއަށް ދަތުރުކުރި “ކްރިސްޓަލް ސްޕީޑް” ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވައި 6 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ”ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން އަނިޔާ ލިބުނު 6 މީހަކަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަނީ” އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ފެރީ ލޯންޗަކީ 39 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެކެވެ. މިހާދިސާ ހިނގިއި...

ގޯތި ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނަން: ނާޒިމް
Raajje

ގޯތި ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތެއް ނުކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ވެރިކަމެއްގައި ގެންގުޅޭނީ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި ހުރިހާ ސަރަހައްދަކުން ގޯތި ދެވޭނެ ފަދަ ސިޔާސަތެއް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ “ސަންގު ޓީވީ” އިން ގެނެސްދިން ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، މާލޭ މީހުންނަށް ބޯހިޔާވަހިކަން ދިނުމަކީ އަސާސީ ހައްގެއް […...

މަންޑޭ ހައްޔަރުކުރަން އަމުރެއް ނެރެފި
Raajje

މަންޑޭ ހައްޔަރުކުރަން އަމުރެއް ނެރެފި

ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ފަށާފައިވާ ކޭ ޕާކު ފްލެޓުތައް ވިއްކުމުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތުކޮށް ތަހުގީގުކުރަމުންދާ ޙަސަން މަމްދޫހް (މަންޑޭ) ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި އެވެ. މި މައްސަލާގައި ހިފައްޓާފައި އޮތް މަންޑޭގެ ޕާސްޕޯޓު 45 ދުވަހުގެ މުއްދަތަށް ދޫކޮށްލަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިކަމަށް މައުލޫމާތު ލިބެއެވެ. މަންޑޭ ހައްޔަރުކުރަން...

އެކްސިޑެންޓްގައި އަނިޔާވި ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފި
Raajje

އެކްސިޑެންޓްގައި އަނިޔާވި ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ފުރުވާލައިފި

ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި އެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހަފީޒަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ. އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭ...

ބާރަށް ''އިންޑިޔާ އައުޓް'' ގޮވަންޖެހޭ، އެހެން ގޮވުން ނުހުއްޓުވޭނެ: މުހައްމަދު
Raajje

ބާރަށް ''އިންޑިޔާ އައުޓް'' ގޮވަންޖެހޭ، އެހެން ގޮވުން ނުހުއްޓުވޭނެ: މުހައްމަދު

ގައުމުގެ ކުރިމަގާމެދު ވިސްނާ ކޮންމެ ދިވެއްސަކުވެސް ސުލްހަވެރިކަމާއެކު ބާރަށް ”އިންޑިއާ އައުޓް” ގޮވަންޖެހޭ ކަމަށާއި، އެހެން ގޮވުން ހުއްޓުވޭނެ ގޮތެއް ނޯންނާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތު ކޮމެޓީގެ ޗެއާ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. ”އިންޑިއާ އައުޓް” ހަރަކާތަކީ އަވަށްޓެރި އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ހިންގާ ހަރަކާތެކެވެ. އެހަރަކާތުގެ ކުލަ ފަނޑުވެފައިވީ ނަމަވެސް...

ކުލަގަދަ ރަސްމިއްޔާތަކާއެކު ހޯރަފުށީ ''ކޮއި ޕާކު'' ހުޅުވައިފި
Thiladhunmathi News

ކުލަގަދަ ރަސްމިއްޔާތަކާއެކު ހޯރަފުށީ ''ކޮއި ޕާކު'' ހުޅުވައިފި

ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ ކުޑަކުދިންގެ ޕާކު، ”ކޮއި ޕާކު” ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވައިފިއެވެ. މި ކުޑަކުދިންގެ ޕާކަކީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގުޅިގެން ތަރައްގީކޮށްފައިވާ ޕާކެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ. މި ޕާކު ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެ...

ހިދުމަތްތެރިޔާ ހަފީޒު ބޭރަށް ގެންދަން އެހީތެރިވުމުގެ ފުރުސަތު
Raajje

ހިދުމަތްތެރިޔާ ހަފީޒު ބޭރަށް ގެންދަން އެހީތެރިވުމުގެ ފުރުސަތު

ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ޢާއިލާއިން ފަށައިފިއެވެ. ހަފީޒަކީ ޤައުމީ ޔުނިވާސިޓީގައި ގައުމު ބިނާ ކުރުމަށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި 18 އަހަރު ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި...

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި
Raajje

ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފި

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މީހެއްގެ ގައިގާ ސައިކަލަކުންޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި އެކްސިޑެންޓްވެ ސީރިއަސް އަނިޔާވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އެއްގެ މަގާމުގައި ހުންނެވި އަލީ ހަފީޒަށެވެ. ޖޫން 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވާފައިވަނީ […]